ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ފިލްމު މޭކިންގ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު

އިންޑިއާގެ ފިލްމު އެސޯސިއޭޝަން އެންޑު ޓެލެވިޜަން އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން އިންޑިއަން އޯޝަން ރީމް އެސޯސިއޭޝަން (އަޔޯރާ)ގެ ޤައުމުތަކަށް އަމާޒުކޮށްގެން ބާއްވާ ފިލްމު މޭކިންގ ކޯހެއް މި އަހަރުގެ ފެބްރުއަރީ މަހުގެ 17 އިން މާރިޗް މަހުގެ 13 އަށް އިންޑިއާގެ ޕޫނޭގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޯހުގައި ހިމެނޭ ބައިތަކަކީ ސްމާޓް ފޯނުން ފިލްމް ހެދުން، ޑިޖިޓަލް އެޑިޓް ޓެކްނީޝަންސް އަދި އިންޑިއާގެ ފިލްމީ ދާއިރާއާ ގުޅޭ  ސްޓޫޑިޔޯތަކަށް ޒިޔާރަތްކުރުމެވެ. މި ކޯހުގައި ރާއްޖޭގެ 18 އަހަރާއި 35 އަހަރާއި ދެމެދުގެ އިނގިރޭސި ބަހަށް ފަރިތަ 1 ކެނޑިޑޭޓަކު ބައިވެރިކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ. ކޯހުގައި ބައިވެރިވުމުގެ ޚަރަދު (ޓިކެޓް، ހުރުން އަދި ކޯހުގެ ފީ) ކޯސް އިންތިޒާމް ކުރާ ފަރާތުން ހަމަޖައްސަވައިދެއްވާނެކަމަށް ވަނީ އަންގަވާފައެވެ.

ވީމާ، މި ކޯހުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ސީވީ (ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް އަދި ޕާސްޕޯޓްގެ ކޮޕީއަކާއިއެކު) 28 ޖެނުއަރީ 2020 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިސެންޓަރަށް ފޮނުއްވައި ދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3344667  ނަންބަރު ފޯނަށެވެ. ކޯހުގައި ބައިވެރިވާނެ ފަރާތެއް ކަނޑައަޅާނީ މިސެންޓަރުން އެކުލަވާލާފައިވާ ކޮމިޓީން ސީވީތައް އިވެލުއޭޓް ކުރުމަށްފަހު އިންޓަރވިއު ކޮށްގެންނެވެ.

21 ޖަނަވަރީ 2020
ހޯދާ