ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މެޗް އޮފިޝަލުން އެފް.އޭ.އެމްގައި ރަޖިސްޓްރީ ކުރުމަށް.

 

ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް

މާލެ، ދިވެހިރާއްޖެ

                                               

                                            ނަންބަރު: FAM/IUL/2020/003

އިޢުލާން

2020 ވަނަ  އަހަރުގެ އެފް. އޭ. އެމްގެ މުބާރާތްތަކާއި އަދި އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވާންއެދޭ މެޗް އޮފިޝަލުން އެފް. އޭ. އެމްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު 12 ޖެނުއަރީ 2020 ފެށިގެން ހުޅުވާލެވިފައިވާތީ ދެންނެވީމެވެ.

ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވިފައިވާ މަގާމުތަކަކީ:

  1. ފުޓްބޯޅަ ރެފްރީން
  2. ފުޓްސަލް ރެފްރީން
  3. ރެފްރީ އިންސްޓްރަކްޓަރުން
  4. ރެފްރީ އެސެސަރުން
  5. މެޗް ކޮމިޝަނަރުން

އަދި މީގެ އިތުރުން ފުޓްބޯޅަ އަދި ފުޓްސަލް ރެފްރީންނަށް ހަމަޖެހިފައިވާ އުސޫލުތަކުގެމަތިން ޕްރޮމޯޝަން ދިނުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވާކަން ދެންނެވީމެވެ. ރެފްރީންނަށް ޕްރޮމޯޝަންދިނުމަށް އެއްމެފުރަތަމަ ބަލާ މިންގަނޑަކީ، އެއްމެފަހުން ހާސިލްކުރި ގްރޭޑު ކުރެވިފައިވާ ރެފްރީ ސެޓްފިކެޓަކީ މަދުވެގެން މީގެ ދެއަހަރު ނުވަތަ އެއްހަހަރު ކުރިން ހާސިލްކޮށްފައިވާ ސެޓްފިކެޓަކަށް ވާންވާނެއެވެ.

ޕްރޮމޯޝަންގައި ހާސިލް ކުރަން ޖެހޭ މިންގަނޑު ތަކަކީ،

ހ. ޕްރެކްޓިކަލް 3 މެޗް އެސެސްމަންޓް / އެވްރެޖް މަދުވެގެން 8.0 މާރކުސް ހޯދުން

ށ. ފިޓްނަސް ޓެސްޓް 100% (ފާސްވުން)

ށ. ވީޑިއޯ ޓެސްޓް 75%

ނ. ތިއަރީ ޓެސްޓް  75%  

 

ރަޖިސްޓްރީ ކުރަން ބޭނުންވާ ފޯމާއި، އިގްރާރު ތިރީގައި މިވާ ލިންކް އިން ލިބޭނެއެވެ.

 https://famaldives.com/2020/01/12/match-officials-registration-2020/

             ރަޖިސްޓްރީ ކުރަން ބޭނުންވާ ފޯމާއި، އިގްރާރު ފުރިހަމަކޮށް އަދި ހުށަހަޅަންޖެހޭ ލިޔެކިއުންތައް 26 ޖެނުއަރީ 2020 ގެނިޔަލަށް އެފް. އޭ. އެމް އަށް ހުށަހެޅުމަށް ދެންނެވީމެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރިކަމުގެ ލިޔުން ފެބްރުއަރީ މަހުގެ ފަހުކޮޅުގައި ދެވޭނެއެވެ.

             20 ޖެނުއަރީ 2020

20 ޖަނަވަރީ 2020
ހޯދާ