މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އެސިސްޓެންޓް ފިޝަރީޒް އޮފިސަރ

މަޤާމް:              އެސިސްޓެންޓް ފިޝަރީޒް އޮފިސަރ  

ބޭނުންވާ ޢަދަދު:         04

ގިންތި:              ވަގުތީ  (ވޭޖް އެމްޕްލޮއިމަންޓް)

މުއްދަތު:             03 މަސް

އޮފީސް:             މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:      މޯލޮޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް     

ވަޒީފާ އަދާކުރަންޖެހޭ ތަން:   މޯލޮޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް/ މާލެ  

މުސާރ:             -/5020 ރުފިޔާ

ސަރވިސް އެލަވަންސް:     -/1500 ރުފިޔާ

 

މަޤާމުގެ ޝަރުތު      

1- މަތީ ސާނަވީ ނުވަތަ އެ އާ އެއްފެންވަރުގެ އިމްތިޙާނަކުން  2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ފަރުމަސްވެރިކަމާއި ފާނަމަސްވެރިކަމާއި މިޔަރާއި ބެހޭ މަޢުލޫމާތު ނެގުން. މިކަމަށްޓަކައި މަސްދަތުރުތަކުގައި ބައިވެރިވެ، މަސްވެރިކަމުގެ މަޢުލޫމާތު އެއްކުރުން.
  • ފަރުމަހާއި ފާނައިގެ ލޭންޑިންގް ސައިޓުތަކުން މަހުގެ މަޢުލޫމާތު ނެގުން. ފާނަ ކޮށިތަކަށް ޒިޔާރަތްކޮށް ފާނައިގެ މަޢުލޫމާތު ނެގުން.
  • މިޔަރުގެ އާބާދީގެ ހާލަތު ބެލުމުގެ ފީލްޑް ސާރވޭ ކުރުން.
  • ފީލްޑަށް ދާންޖެހޭ ދަތުރުތައް ރާވާ، ދަތުރުތަކަށް ކުރަންޖެހޭ ލޮޖިސްޓިކްސް މަސައްކަތްތައް ކުރުން.
  • ފީލްޑްގައި މަސައްކަތް ކުރުމަށްފަހު، ފީލްޑް ރިޕޯޓް ތައްޔާރުކޮށް، އެއްކުރެވުނު މަޢުލޫމާތު ސިސްޓަމަށް އަޅާ އެ މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް (ޑޭޓާ އެންޓްރީ އަދި ޑޭޓާ ކްލީން ކުރުމުގެ މަސައްކަތް) ކުރުން.
  • މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް އިން ކުރާ އެހެނިހެން މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

- ޤާބިލްކަން ދެނެގަތުމަށް ކުރާ އިންޓަރވިއު

- ޤާނޫނާއި ޤަވާޢިދުތަކަށް އަހުލުވެރި މިންވަރު

 

މި މަގާމަށް މީހަކު ހޮވުމުގައި ބާއްވާ އިންޓަރވިއު

މިމަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

5- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

6- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 2020 ޖަނަވަރީ 27 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ hr@fishagri.gov.mv އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339291/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

                               19 ޖުމާދުލްއައްވަލް 1441

19 ޖަނަވަރީ 2020
ހޯދާ