މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

މަޤާމް:

ފައިނޭންސް އޮފިސަރ

މަޤާމް ނަންބަރު:

J-321153

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ގިންތި:

ޓެކްނިކަލް ސަރވިސް

މަޤާމުގެ ރޭންކް:

MS1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ

މުސާރަ:

5,610.00 ރުފިޔާ

ސަރވިސް އެލެވަންސް:

2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް

 ސަޕޯރޓިންގ ކޯ އެލަވަންސް 2 – 700.00ރުފިޔާ

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހިނގާ އަހަރުގެ ބަޖެޓް ކައުންސިލުން ފާސްކުރުމަށް ހިނގާ އަހަރުގެ ޖެނުއަރީ 05 ގެ ކުރިން ކައުންސިލަށް ހުށަހެޅުން
  2. ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުން. ބަޖެޓް ތައްޔާރުކުރާއިރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 97 ވަނަ މާއްދާގެ ހ އިން ދ އާއި ދެމެދު ގެ ބައިތަށް ހިމެނުން
  3. ކައުންސިލްއިދާރާއަށް ބަލައިގަންނަންޖެހޭ އެންމެހާ ފައިސާ ޤަވާއިދާ އެއްގޮތަށް ބަލައިގަތުމާއި ލިބޭފައިސާގެ ދުވަހުފޮތް، ވިކުރާ، އައިޓަމު ބާކީ، ރިޕޯޓްތައް ދުވަހުން ދުވަހަށް، މަހުންމަހަށް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ލިބޭފައިސާ ރައްކާކުރުމަށް ތިޖޫރި ޙަވާލުވެހުރި ފަރާތަކާއި ޙަވާލުކުރުން ނުވަތަ ކައުންސިލް އިދާރާގެ ނަމުގައި ހޮޅުވިފައިވާ ބޭންކް އެކައުންޓްތަކަށް ޖަމާކުރުން
  4. ކައުންސިލް މެމްބަރުންނާއި އިދާރާއިން ސީދާކޮށް، ނުސީދާކޮށް ބަލަހައްޓަންޖެހޭ މުވައްޒަފުންނާއި، ރިޓަޔަރ ކުރެވޭ މުވައްޒަފުންގެ މުސާރައާއި އެލަވަންސްދިނުމަށް ހަދަންޖެހޭ މުސާރަ ޝީޓް ހެދުމާއި ހަދަންޖެހޭ ޕޭމަންޓް ވައުޗަރ ހެދުމާއި ޗެކްތައްލިޔެ ސޮއިކުރުވުމާއި މުވައްޒަފުންގެ އެކައުންޓްތަކަށް ފައިސާ ޖަމަޢަކުރުމާއި ތަފުސީލް މުވައްޒަފުންނާއި ހަވާލުކުރުން.
  5. ސަރުކާރުން ނަންގަވާ ޓެކްސްތަކުގެ ތެރެއިން ރަށު ކައުންސިލް އިދާރާ މެދުވެރިކޮށް ނެގުމަށް ސަރުކާރުން ކަނޑައަޅުއްވާ ޓެކްސްތައް ނެގުމާ ސަރުކާރުގެ ކަމާއިބެހޭ އޮފީހަކަށް އެފައިސާއެއް ފޮނުވުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
  6. ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ސަރުކާރުގެ، ރައްޔަތުންގެ ތަންތަނަށް ހޯދާ ޚިދުމަތަކަށް، މުދަލަކަށް، އިދާރާ މެދުވެރިވެގެން އެކިފަރާތްތަކާއި ޙަވާލުކުރަންޖެހޭ ފައިސާއާއި ތަކެތި ޤަވާއިދުން ޙަވާލު ކުރުން.
  7. މުދަލު ޒަކާތާއި ފިޠުރު ޒަކާތް ބަލައިގަތުމަށް ބޭނުންވާ ރަސީދުފޮތް ހޯދުމާއި ފައިސާބަލައިގަތުމާއި ފަޤީރުންނާއި މިސްކީނުންގެ ލިސްޓް ހެދުމާއި ޒަކާތަށް ލިބިގެން ބަހަން ޖެހޭފައިސާ ބެހުމާއި ހަދަންޖެހޭ ރިޕޯޓްތައް ހަދާ ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން.
  8. ރަށު ކައުންސިލް އިދާރާގެ މުވައްޒަފުން ނަގާ ކުރެޑިޓް ސްކީމްގެ ކަންކަން ބެލެހެއްޓުމާއި ކައުންސިލް އިދާރާއިން ބަލަހައްޓާގޮތަށް ރަށުގެ ރައްޔަތުން ނަގާފައިވާ ކުރެޑިޓްގެ ރެކޯޑްތައް ބެލެހެއްޓުމާއި ނަގަން ޖެހޭފައިސާ ނަގާ ފޮނުވަންޖެހޭފަރާތަށް ފޮނުވުމުގެ މަސައްކަތް ކުރުން.
  9. ޕެންސަނާއި ވަޒީފާބައިން، އެކަނިވެރި މައިންނާއި ނުކުޅެދޭ މިހުންގެ މާލީ ރަޖިސްޓްރީ ބެލެހެއްޓުމާއި ގެންނަންޖެހޭ އުނިއިތުރު ގެނައުމާ ސަރުކާރުން ދެއްވާ ފައިސާ އެފަރާތްތަކާއި ޙަވާލުކުރުން، ދޫކުރެވޭ ފައިސާގެ ރިޕޯޓްތައް ހަދާ ފޮނުވަން ޖެހޭ ފަރާތް ތަކަށް ފޮނުވުން.
  10. ރަށުކައުންސިލް އިދާރާއިން ވިއްކާލުމަށް، ނީލަން ކިއުމަށް ކަނޑައަޅާ ތަކެއްޗާއި ކައުންސިލް އިދާރާ މެދުވެރިވެގެން، ހަވާލުވެގެން ވިއްކާ ތަކެތީގެ އިދާރީ މަސައްކަތްތައް ކުރުމާއި ލިބޭފައިސާ ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން.

 

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން (އެކައުންޓިންގ ނުވަތަ ފައިނޭންސިންގ ގެ ދާއިރާއިން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 

  1. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)   މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:  

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)    އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)    އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަމްރީން %40

ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން %5

މަސައްކަތު ތަޖުރިބާ

ލިބިފައިވާ ހުނަރު %40

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޖެނުއަރީ 2020 ގެ 14:00ގެ ކުރިން ވޭވަށު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 04 ފެބުރުއަރީ 2020އާއި 11.02.2020އާ ދެމެދު، ވޭވަށު ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 05 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސް ބޯރޑްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720035 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

 

19 ޖަނަވަރީ 2020
ހޯދާ