މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ

މިކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ކޮންޓްރެކްޓް އުޞޫލުން ބަލަހައްޓައި ދެއްވާނެ ފަރާތެއްް ހޯދަން ބޭނުން ވެއްޖެއެވެ.

މިކަމަށް ކުރިމަތިލާ ފަރާތަކީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި، މިމަސައްކަތައް އަންދާސީ ހިސާބު ހުށަހަޅާއިރު ކުންފުންޏަކުންނަމަ ކުންފުނީގެ ވިޔަފާރި ރަޖިސްޓްރީ އަދި، އަމިއްލަ ފަރުދަކުނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 21 ޖަނަވަރީ 2020 ވަނަ ދުވަހުގެ 12:00ށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސީޓްގައި ހުށަހަޅަން ޖެހޭނެކަމަށް ބަޔާން ކޮށްފައިވާ ތަކެތި ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށާއި، މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

 

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 23 ޖަނަވަރީ 2020

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓު

16 ޖަނަވަރީ 2020
ހޯދާ