މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ލޭބަރަރ
ބޭނުންވާ އަދަދު :3

މުސާރަ:

މަހަކު -/3,840 ރުފިޔާ

އެހެނިހެން އިނާޔަތްތައް:

5،500ރ – 6،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- ގްރޭޑް 08 ގެ ފެންވަރު ހުރުން (ގްރޭޑް 08 ފުރިހަމަ ކޮށްފައިވާ ކަމަށް ބެލެވޭނީ ސްކޫލް ލީވިންގް ސެޓްފިކެޓް ހުށަހެޅުމުންނެވެ.)

- އުމުރުން 40 އަހަރަށްވުރެ މަތީ މީހެއް ކަމުގައި ނުވުން.

- އަދި މިފަދަ މަޤާމެއް އަދާކުރުމުގެ ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ވެލްޑަރުންގެ މަސައްކަތްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

- ތިލަފުށީ ބޯޓް ޔާރޑް ސާފުކޮށް ބެލެހެއްޓުމުގައި ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.

- އުޅަނދުފަހަރު އެހެލާ ބޭލުމުގެ މަސައްކަތުގައި ސްޕަވައިޒަރުގެ އިރުޝާދު ދަށުން މަސައްކަތްކުރުން އަދި މޫދަށް ފައިބައިގެން މަސައްކަތްކުރަންޖެހިއްޖެ ހާލަަތެއްގައި އެކަންކުރުން.

- އުޅަނދުފަހަރު މަރާމާތުކުރުމުގެ މަސައްކަތުގައި ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ދަބަރު ތެޅުމާއި، ބްލާސްޓްކޮށް، ދަވާދުލުމުގެ މަސައްކަތުގައި އެހީތެރިވުން.

- މަސައްކަތުގެ މާހައުލަކީ އެންމެ ރައްކާތެރި ގޮތެއްގައި މަސައްކަތްކުރެވޭ ތަނަކަށް ހެދުމަށް އެއްބާރުލުންދީ އެފަދަ ކަންތައް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިވުން.

މަސައްކަތްކުރަންޖެހޭ ތަން:

މެކޭނިކަލް އިންޖިނިއަރިންގ އެންޑް ތިލަފުށި ޑިޕާޓްމެންޓް (ތިލަފުށި ބޯޓް ޔާޑް)

މަސައްކަތްކުރަންޖެހޭ ވަގުތު:

ދުވާލަކު 08 ގަޑިއިރު

ސުންގަޑި:

2020 ޖަނަވަރީ 26 ވާ އާދިއްތަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ   ލިޔެކިޔުންތައް

- ޕޮލިސް ރިކޯޑް ފޯރމް (އެއްމަސް ހަމަނުވާ)

އިންޓަރވިއު މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 ޖަނަވަރީ 29 އާއި ފެބުރުވަރީ 10 އާ ދެމެދުގައެވެ.

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ތެރޭ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
16 ޖަނަވަރީ 2020
ހޯދާ