ކަނޑުހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
2020 ވަނަ އަހަރުގެ މިސުކޫލުގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާއި ބެހޭ

އިޢުލާން

މިސުކޫލަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

        މިސުކޫލުގެ ޕްރިންސިޕަލް އާއި ޕްރިންސިޕަލްގެ އާއިލާ ދިރިއުޅުއްވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވާތީ، ތިރީގައި މިދަންނަވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން 21 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ 13:00ށް ކުއްޔަށް ދިނުމަށް އެދޭ ފޯރމް ފުރިހަމަ ކުރުމަށްފަހު ސުކޫލަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 13:30 އަށް މިސުކޫލުން ލިބިވަޑައިގަންނަވާނެއެވެ.

  1. 2 ކޮޓަރި (އެޓޭޗް ފާޚާނާއެކު)، ސިޓިންގ ރޫމް އަދި ކައްކާ ކެވޭގޮތައް ހުރި ގެއެއް ކަމުގައިވުން.
  2. ގޭގެ އެތެރޭގެ ތަޅުމުގައި މުށިޖަހާފައި ހުރުން.
  3. ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށްފައި ހުރުން.
  4. ފާރުތަކުގައި ސިމެންތިޖަހާ ކުލަލާފައިހުރުން.
  5. ގޭގެ ހުރިހާތަނެއް ސީލިނގް ކޮށްފައި ހުރުން.

        މިކަންކަމުގެ އިތުރުން ކުއްޔަށްދެވޭނެ ވަކި ފަރާތެއް ހަމަޖެއްސުމުގައި ތިރީގައި މިދަނަންވާ ކަންކަމަށް ޕޮއިންޓް ދެވޭނެއެވެ.

ކުލީގެ މިންވަރާއި، ކަރަންޓްފީ ދައްކާ ގޮތާއި، ގެއާއި ސުކޫލާއި ހުރި ދުރުމިނާއި، ގޭގައި ދިރިއުޅޭ މީހުންނަށް ގޭގެ ވެރިފަރާތުން ކައްކައި ދިނުމަށް ކަނޑައަޅާގޮތާއި، ގެއާއި ގޯތިތެރެ ސާފުކޮށްބަލަހައްޓާނެ ގޮތާއި އެހެނިހެން ޚިދްމަތްތަކާއި ފަރުނީޗަރ، ޓީވީ، އައިސްއަލަމާރި، ދޮންނަމެޝިން ފަދަ ތަކެތި ލިބެންހުރި މިންވަރާއި ސެކިއުރިޓީ ބެލެހެއްޓުން އަދި ބޯފެނުގެ އިންތިޒާމް.

        ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

        16 ޖަނަވަރީ 2019

 

16 ޖަނަވަރީ 2020
ހޯދާ