މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މައި ޢިމާރާތުގެ 06ވަނަ ފަންގިފިލާ ކުއްޔަށް ދޫކުރުން

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މައި ޢިމާރާތުގެ 06ވަނަ ފަންގިފިލާ ކުއްޔަށް ދޫކުރުން  

ހ. ޓޫ ސްޓަރގައި ހުރި މި ކުންފުނީގެ މައި ޢިމާރާތުގެ (ޕޯސްޓް ބިލްޑިންގ) 6 ވަނަ ފަންގިފިލާ ބީލަމުގެ އުސޫލުން ކުއްޔަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.ވީމާ ކުއްޔަށް ހިފުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި މިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް 28 ޖެނުއަރީ 2020 ވާ  އަންގާރަ ދުވަހުގެ 14:00 އަށް ޕޯސްޓް ބިލްޑިންގގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ކުއްޔަށް ދިނުމާއި ބެހޭ މަޢުލޫމާތު

6 ވަނަ ފަންގިފިލާގެ ފްލޯރ އޭރިޔާ -  3207.60 އަކަ ފޫޓް

 

އަގު ހުށަހަޅުއްވާއިރު ހުށަހަޅުއްވަންވާނީ އަކަ ފޫޓަކަށް  28 ރުފިޔާ އާއި 35 ރުފިޔާއާ ދެމެދުގެ އަދަދަކަށް ވާން ވާނެއެވެ. 

 

އަގު ހުށަހަޅުއްވާއިރު ހުށަހަޅުއްވަންވާނީ އަކަ ފޫޓަކަށް  28 ރުފިޔާ އާއި 35 ރުފިޔާއާ ދެމެދުގެ އަދަދަކަށް ވާން ވާނެއެވެ. 

 

ކުއްޔަށް ދެވޭ މުއްދަތު 3 އަހަރު

 

ބިޑް ކާމިޔާބު ކުރާ ފަރާތުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 3 މަހުގެ ކުއްޔަށްވާ ފައިސާ ދައްކަންވާނެއެވެ.

 

ބިޑު ހުށަހަޅާއިރު، ބިޑު ހުށަހަޅާ ފަރާތުގެ ކްރެޑިބިލިޓީއާއި ފައިނޭންޝިއަލް ސްޓެބިލިޓީ އެގޭ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި އަމިއްލަ ފަރާތެއްނަމަ 6 މަސް ދުވަހުގެ ބޭންކް ސްޓޭޓްމަންޓް ހުށަހަޅަންވާނެއެވެ.

 

ފްލޯރގެ އިންޓީރިއާރ ހަދާނީ ކުއްޔަށް ހިފާ ފަރާތުން އެފަރާތުގެ އަމިއްލަ ޚަރަދުގައެވެ. އަދި މިފަދަ ކަންކަމަށް ކުރެވޭ ޚަރަދު ކުއްޔަކުން ނުކެނޑޭނެއެވެ.

 

 

އިޢުލާނާ ގުޅިގެން ހުށަހަޅާ ޕްރޮޕޯސަލްތަކަށް މާރކްސް ދެވޭނެގޮތް.

ކުއްޔަށް ހިފާ އަގު:            60%

 

ޕްރޮފައިލް އަދި މާލީ ޤާބިލްކަމަށް :  %30

 

ކުއްޔަށް ހިފާ މުއްދަތަށް:        10%

 

 

 

އިތުރު ކަންތައްތައް

ނޯޓް: ބިޑް ޑޮކިއުމަންޓްގެ ގޮތުގައި ހުށަހަޅަންޖެހޭ ލިޔުންތައް:

ކުންފުނީގެ ޕްރޮފައިލް

 

ކުންފުނީގެ ރެޖިސްޓްރޭޝަން

 

ޖީ.އެސް.ޓީ ސެޓްފިކެޓް

 

ބިޑް ހުށަހަޅުއްވާނީ 28 ޖެނުއަރީ 2020 ވާ  އަންގާރަ ދުވަހު  14:00 އަށް ޕޯސްޓް ބިލްޑިންގގެ 7 ވަނަ ފަންގިލާއަށް ވަޑައިގެން

 

މަޢުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. އަދި މިނޫންވެސް ސަބަބެއް ދިމާވެގެން ބިޑް ބާޠިލް ކުރަން ޖެހިއްޖެ ހިދެއްގައި ބިޑް ބާޠިލް ކުރުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

 

ސަރުކާރުގެ އިދާރާތަކަށް އިސްކަން ދެވޭނެއެވެ.

 

15 ޖަނަވަރީ 2020
ހޯދާ