މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހަޅާ، ވަޒީފާ އަދާކުރުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރުމުގެ ޚިދުމަތް އޮންލައިން ކުރުމާ ގުޅޭގޮތުން ޝާއިރު ކުރެވިފައިވާ (IUL)101-LES/1/2020/02 އިޢުލާނަށް ގެނެވޭ ދެވަނަ އިސްލާހާ ބެހޭ.

އިޢުލާން

ވަޒީފާ އަދާކުރުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުމެއް އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019/R-1067)ގައިވާ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތީން ތައްގަނޑުޖެހުމުގައި ރައްޔިތުންނަށް ދަތިތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ، މި މިނިސްޓްރީއިން 13 ޖަނަވަރީ 2020އިން ފެށިގެން މި ޚިދުމަތަށް އެދިލައްވާއިރު ހުށަހަޅާ ލިޔެކިޔުންތަކުގައި މި ތައްގަނޑުޖެހުން ލާޒިމްނުކުރާ ވާހަކަ އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.

ނަމަވެސް، ހާއްސަ ހާލަތެއް މެދުވެރިވެއްޖެނަމަ، ބޭނުންވާ ލިޔެކިޔުންތަކާ މެދު އިސްވެދެންނެވުނު ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް އެންގުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވާ ކަމުގައި ދެންނެވީމެވެ.  

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.

‏18‏ ޖުމާދަލްއޫލާ‏ 1441

14 ޖަނަވަރީ 2020
ހޯދާ