ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

ނަންބަރު: (IUL)223/1/2020/02

ތާރީޚް: 13.01.2020

މިޓްރައިބިއުނަލަށް 05 ސާރފޭސް ޕްރޯ ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

        މި ޓްރައިބިއުނަލަށް ބޭނުންވާ 05 ސާރފޭސް ޕްރޯ އާއި 01 ނެޓްވޯރކް ސްކޭނަރ ހޯދުމަށް ކުރެވުނު ނަންބަރު  (IUL)223/1/2019/14 އިޢުލާނަށް އިޖާބަދީ ހުށަހެޅިފައިވާ ބިޑުތައް މަޢުލޫމާތު ޝީޓުގައި ހިމެނޭ ރިކުއަރމަންޓަށް ނުފެތޭތީ އެ އިޢުލާން ބާޠިލް ކުރުމަށްފަހު، މަޢުލޫމާތު ޝީޓަށް ބަދަލުތަކެއް ގެނެސް 05 ސާރޕޭސް ޕްރޯ ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

        ވީމާ، މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ.

           

ތަން

ތާރީޚާއި ގަޑި

ބީލަން ހުށަހެޅުއްވުން

ޓެކްސް އެޕީލް ޓްރައިބިއުނަލް

(މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ)

21 ޖަނަވަރީ 2020 ގެ 12:00 ގައި

        މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް ވަނީ މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައެވެ. އަދި 20 ޖަނަވަރީ 2020 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް މިޓްރައިބިއުނަލްގެ ކައުންޓަރުންވެސް މަޢުލޫމާތު ކަރުދާސް ލިބެން ހުންނާނެއެވެ.

        އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި މި ޓްރައިބިއުނަލްގެ ނަންބަރު 3015555 ފޯނަށެވެ.

      18 ޖުމާދުލްއޫލާ 1441

      13 ޖެނުއަރީ 2020

13 ޖަނަވަރީ 2020
ހޯދާ