އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިން އޮފިސަރގެ މަގާމަށް މުވައްޒަަފަކު ހޯދުން:

މަޤާމް :

އެސިސްޓެންޓް އެޑްމިން އޮފިސަރ

 

މަގާމުގެ ނަމްބަރު

-

 

ބޭނުންވާ ޢަދަދު

1 (އެކެއް)

 

މަޤާމުގެ ގިންތި :

ދާއިމީ  

 

މަގާމުގެ ރޭންކް

ޖީ.އެސް 1

 

މަގާމުގެ ކްލެސިފިކޭޝން:

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

 

ވަޒީފާ އަދާކުރަންޖެހޭ ތަން :

ރަސްދޫ ޕްރީސްކޫލް  / އއ. ރަސްދޫ.

 

މުސާރަ :

3,565.00 ރުފިޔާ.

 

ސަރވިސް އެލެވަންސް :

1500.00 ރުފިޔާ.

 

އެހެނިހެން އެލެވަންސް :

ހަމަޖެހިފައިވާ އުޞޫލުގެ މަތިން ކޮންމެ ރަމަޟާން މަހެއްގެ އިނާޔަތު ފައިސާ ދެވޭ ނެއެވެ.

ސަޕޯޓިންގ ކޯ އެލެވަންސް :

 ނުލިބޭނެއެވެ.

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

 

 

 

                      

1- ޕްރީސްކޫލްގެ މެނޭޖްމަންޓްގެ އިރުސާދާއެކު ޤާވާޢިދާ އުޞޫލްތަކާއެއްގޮތްވާ ގޮތުގެމަތިން ސްކޫލުން އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ލިޔެކިއުމާބެހޭ މަސައްކަތްތައްކުރުން

2- ޕްރީސްކޫލުންކުރަންޖެހޭ އެންމެހައި ފައިސާއާބެހޭ ލިޔެކިއުންތައް ލިޔެ ބެލެހެއްޓުމާއި،  ބަލައިގަންނަންޖެހޭ އެންމެހައި ފައިސާ ބަލާގަނެ ޖަމާކޮށް ޚަރަދުކުރަންޖޭ ފައިސާ ޚަރަދުކުރުމަށް ކުރަންޖެހޭ އެންމެހައި ލިޔެކިއުން ތައްތައްޔާރުކޮށް ރައްކާތެރިކަމާއެކު ގެންގުޅި ބެލެހެއްޓުން.

3- ޕްރީސްކޫލްގެ ޒިންމާދާރުވެރިޔާގެ މަސްވަރާގެމަތިން ސްކޫލްގެ އެންމެހައި މުވައްޒަފުންނާ ބެހޭ ކަންކަންކުރުން.

4- ރަސްދޫ ޕްރީސްކޫލްގެ ދަރިވަރުނާބެހޭ އެންމެހައިކަންކަމާއި، ކިޔަވައިދިނުމާބެހޭ އެންމެހައިކަންކަން ކުރުން.

5- ޕްރީސްކޫލްއާއި، ސްކޫލްގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތަކާއި، ތަންތަނުގައި ކުރަން ހުންނަ މަރާމާތުތައް ފާހަގަކޮށް ކަމާބެހޭ ވެރިންނަށް ދެންނެވުމާއި، ޕްރީސްކޫލްގެ ބެލުމުގެ ދަށުގައިވާ ތަންތަން ބޭނުންވާ ތަކެތި ހޯދުމާބެހޭ ކަންކަންކުރުން.

  1. ރަސްދޫ ޕްރީސްކޫލްގެ ބެލުމުގައި ދަށުގައިވާ ތަންތަނުގައި ހުންނަ މެޝިނަރީ އާއި، އިކްވިޕްމަންޓްސް، ފަރުނީޗަރ ފަދަ ތަކެތި ސާފުކޮށް ގެންގުޅި ބެލެހެއްޓުމާއި، އަދި މިތަކެތި މަރާމާތު ކުރުމާބެހޭ ކަންކަން ކުރުން. 

6- ރަސްދޫ އިޖުތިމާޢީ މަރުކަޒުން ރާވާހިންގާ އެންމެހައި ކުޅިވަރު ޙަރަކާތްތައް ރާވާހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވުމާ މި ޙަރަކާތްތައް ހިންގުން.

7- މ މީގެ އިތުރުން ސްކޫލްގެ މަސައްކަތްކަތާ ގުޅޭގޮތުން ކައުންސިލުން ޙަވާލުކުރާ އެންމެހައި ކަންކަން ކުރުން.

8- އަދި ކައުންސިލް އިދާރާއިންނާއި ، ރަސްދޫ ޕްރީސްކޫލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

       

 

 

މަޤާމުގެ ޝަރުޠުތައް :

1. ސާނަވީ ނުވަތަ އެ އާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ' ޑީ ' ގްރޭޑް ލިބިފައި ވުމާއެކު ، އޭގެ އިތުރުން ' ސެކެންޑަރީ ސްކޫލް ' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް ' ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި ' މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން.

ހުށަހަޅަންޖެހޭ  ލިއުންތައް :

  1. ފުރިހަމަކޮށްފައިވާ ޕްރީސްކޫލްގެ ވަޒީފާއަށް އެދޭ ފޯމް ( މި ފޯމް ރަސްދޫ ޕްރީސްކޫލުންނާއި،  އަދި އއ. ރަސްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެ އެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަމްބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިއުންތައް ފެންނަ، އަދި ލިޔެފައިވާ ލިއުންތައް ލިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެޔްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ .

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  1. 7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ  ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ، ނުވަތަ ވަޒީފާ އަދާކުރިގޮޔް އަންގައިދޭ ރިފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް :

 

 

 

 

 

ދާއިރާ

 

މާކްސް

އިންސައްތަ

%

ކެޓެގަރީގެޖުމްލަ

އިންސައްތަ

ތަޢުލީމާއި،ތަމްރީން.

ލިބިފައިވާ ތަޢުލީމް

35

35

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ތަމްރީން.

30

5

އިމްތިޙާން .

ސިވިލް ސަރވިސްގެ ވަޒީފާއަށްވަނުމަށް ދެވޭ އިމްތިޚާން

12

5

5

މަސައްކަތު ތަޖްރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅެ ތަޖުރިބާ

33

10

10

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލް

100

45

45

ޖުމްލަ

210

100

100

މަޤާމަށްއެދެންވީގޮތާއި ސުންގަޑި :

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ޖަނަވަރީ 2020 ވާ ބުރަސްފަތި ދުވަހުގެ 14:00 ގެ ކުރިން، އއ. ރަސްދޫ ކައުންސިލް އިދާރާ އަށެވެ.

އިންޓަވިއު އޮންނާނެތަނާއި ، މުއްދަތު :

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 23 ޖަނަވަރީ  2020، 13 ފެބްރުއަރީ 2020 އާއި ދެމެދު، އއ. ރަސްދޫ ކައުންސިލް އިދާރާގެ ކޮންފްރެންސް ހޯލުގައެވެ.  

ޝޯޓް ލިސްޓްކުރުން.

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660714 އަށެވެ. އީ.މެއިން އެޑްރެސް [email protected]  އަށެވެ.

13 ޖަނަވަރީ 2020
ހޯދާ