މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބާދަގަނޑުތަކެއް ނީލަމުގައި ވިއްކާލުން

          ބާދަގަނޑުތަކެއް ނީލަމުގައި ވިއްކާލުން

          

           ބާދަގަނޑުތަކެއް ނީލަމުގައި ވިއްކާލުމަށް ކުރެވުނު މިކުންފުނީގެ ނަންބަރ: 134-CORP/I/2019/40 (24 އޮކްޓޯބަރ2019) އިޢުލާން އާއި ގުޅިގެން އެކަށީގެންްވާ އަގެއް ހުށަހެޅިފައި ނުވާތީ އެ އިޢުލާން  ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

           ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައިހުރި 150 މެޓްރިކްޓަންގެ ޓީ.އެފް.އެސް. ސްކްރޭޕް އަދި 15 މެޓްރިކްޓަންގެ ޖަންކް ސްކްރޭޕް ނީލަމުގައި ވިއްކާލުމަށް ގަސްދުކުރަމެވެ. މި ޢަދަދުތަކަކީ، އަންދާޒާ ޢަދަދުތަކަކަށްވާތީ، އުނިއިތުރު އައުމަކީ އެކަށީގެންވާކަމެކެވެ.

           ވީމާ، ނީލަމުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން، މިތަކެތީގެ މައުލޫމާތު ސާފުކުރެއްވުމަށް ފެލިވަރުން   7942775 ނަންބަރ ފޯނާ ގުޅުއްވުން އެދެމެވެ. 

           ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ، މެޓްރިކްޓަނަކަށް ހުށަހަޅާ އެންމެ މަތީއަގު ލިޔުމަކުން ހުށަހެޅުއްވުމުން، ހުށަހެޅިފައިވާ އެންމެ މަތީއަގަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި ބޭފުޅުންގެ މެދުގައި ނީލަން ކުރިއަށް ގެންދާގޮތަށެވެ.

           ދަގަނޑުތައް ނީލަންކިޔުން އޮންނާނީ،22 ޖެނުއަރީ 2020 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00ގައި މިފްކޯގައެވެ.

           ނީލަމުގައި ބައިވެރިވާ ކޮންމެފަރާތަކުންވެސް -/25،000ރ. (ފަންސަވީސްހާސް) ރުފިޔާގެ ޑިޕޮޒިޓެއް ދައްކަވަން ވާނެއެވެ.  ނީލަން ކާމިޔާބު ކުރާ ފަރާތުން، ނީލަންނިމޭތާ 07 (ހަތެއް) ދުވަހުގެތެރޭގައި، މިތަކެތި ގެންދިޔުމުގެ މަސައްކަތް ފަށަންވާނެއެވެ. ތަކެތި ދޫކެރެވޭނީ، އެދުވަހަކު ގެންދާ އެއްޗަކަށް ވާފައިސާ ދެއްކުމަށް ފަހުގައެވެ. ނީލަން ކާމިޔާބު ކުރައްވާ ފަރާތަށް ދޫކުރެވޭ ތަކެއްޗަށް އިންވޮއިސްކުރާއިރު މުދަލުގެ އަގުގެ އިތުރުން ޖީ.އެސް.ޓީ. ވަކިން ހިމެނޭނެއެވެ.  މިގޮތުން ދައްކާ އެންމެ ފަހުގެ ޕޭމަންޓުން، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނި ކޮށްދެވޭނެއެވެ. ނީލަން ކާމިޔާބު ކޮށް، ތަކެތި ގެންދިޔުމަށް ދެވޭ މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓިފައިސާ އަބުރާ ނުލިބޭނެއެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ ވަގުތުން އަބުރާ ލިބޭނެއެވެ.

                   13 ޖެނުއަރީ 2020

13 ޖަނަވަރީ 2020
ހޯދާ