މަޤާމު:
|
ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އެގްޒެކެޓިވް
|
ރޭންކު:
|
CSC4-1
|
ކްލެސިފިކޭޝަން:
|
ސީ.އެސް.ސީ ޕްރޮފެޝަނަލްސް
|
ޑިވިޜަން/ސެކްޝަން:
|
ހިއުމަން ކެޕިޓަލް މެނޭޖްމަންޓް ޑިވިޜަން/ޕޮލިސީ އެންޑް އޮގަނައިޒޭޝަނަލް ޑިވޮލޮޕްމަންޓް
|
ސެކްޝަނުގެ މައިގަނޑު މަސައްކަތް:
|
ސިވިލް ސަރވިސްގެ ވަޒީފާތަކާބެހޭ އުސޫލުތައް އެކުލަވާލުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން
|
މުސާރަ:
|
މަހަކު -/8740 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
ހާޟިރުވާ ދުވަހަކަށް -/188 ރުފިޔާ
|
ކޮމިޝަން އެލަވަންސް:
|
މަހަކު 3059.00 ރުފިޔާ (އަސާސީ މުސާރައިގެ %35)
|
އޯވަރޓައިމް އެލަވަންސް:
|
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ގިންތި:
|
ދާއިމީ
|
އަސާސީ ޝަރުތު:
|
ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ތަޢުލީމީ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- "ރީ ފޯމިއުލޭޓިންގ ސިވިލް ސަރވިސް ރެކްރޫޓްމަންޓް އެންޑް ސިލެކްޝަން" ޕްރޮޖެކްޓް ކޯޑިނޭޓްކޮށް ހިންގައި ބެލެހެއްޓުން.
- މެރިޓް އުސޫލުން މުވައްޒަފުން ހޮވުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް، އެކަންތައްތަކުން އަރައިގަނެވޭނެ ގޮތްތަކާބެހޭ ދިރާސާކޮށް ހައްލުތައް ހޯދުން.
- މެރިޓް އުސޫލުން މުވައްޒަފުން ހޮވުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް، އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުން.
- ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއަށް ހޮވުމާއި އަޢްޔަނުކުރުމުގެ އުސޫލުތައް މުރާޖަޢާކޮށް، ދިރާސާކޮށް، ގެންނަންޖެހޭ ބަދަލުތައް ތަންފީޒުކުރުން.
- ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ވަޒީފާއާ ބެހޭ ޕްރޮސީޖަރތައް މުރާޖަޢާކޮށް އެއަންނަ ބަދަލުތައް ސިވިލް ސަރވިސްގެ އިދާރާތަކަށް ފޯރުކޮށްދިނުން.
- ސިވިލް ސަރވިސްގެ މަގާމުތަކަށް މީހުން ރެކްރޫޓްކުރުމުގައި ކޮމްޕީޓެންސީ އެސެސްކުރެވޭނެގޮތްތައް ހޯދުމާއި ކަނޑައެޅުމާއި އެކަންކަން ހިންގައި ބެލެހެއްޓުން.
- ސިވިލް ސަރވިސްގެ މަގާމުތަކަށް މީހުން ރެކްރޫޓްކުރުމުގައި ކޮމްޕީޓެންސީ ބޭސްޑް ރެކްރޫޓްމަންޓް މޮޑެލް ގެ ތެރެއިން ބޭނުންކުރެވޭނެ އިމްތިހާނުތައް ތަރައްޤީކޮށް، ސުވާލު ބޭންކް ބެލެހެއްޓުން. އަދި ކޮމިޝަނުގެ ފަރާތުން ބާއްވާ އިމްތިހާނުތައް ހިންގައި ބެލެހެއްޓުން.
- ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރުވެރިން އަމަލުކުރަންޖެހޭ އުޞޫލުތަކާއި ގައިޑްލައިންތައް އެކުލަވާލުން.
- ދިވެހި ސިވިލް ސަރވިސްގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމާއި ޕްލޭންގައިވާ ކަންކަން ކުރިއަށްދާގޮތް ގަވާއިދުން މޮނިޓަރ ކުރުމާއި ސިވިލް ސަރވިސް ސްޓްރެޓީޖިކް ޕްލޭން އޯވަރސައިޓް ޕްލޭނިންގ ކޮމިޓީގެ އެންމެހާ އިދާރީ ކަންތައްތައް ބެލެހެއްޓުން.
- ސިވިލް ސަރވިސްގައި މުވައްޒަފުން ދެމެހެއްޓުމަށް (ރިޓެންޝަން) ބޭނުންވާ ސްޓްރެޓަޖީސްތައް ޤާއިމުކޮށް މިކަމާގުޅޭ އުޞޫލުތައް އެކުލަވާލުން.
- "ސީއެސް ވިއުގަ 2.0" ގެ މޮޑިއުލްތައް ޑިވެލޮޕްކޮށް އިތުރަށް ފުރިހަމަކުރުމަށް ކަމާބެހޭ ފަރާތްތަކާގުޅިގެން މަސައްކަތްކުރުން.
- "ސީއެސް ވިއުގަ 2.0" ޕްރޮޖެކްޓް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހިންގާ ބެލެހެއްޓުމާއި އެ ޕްރޮޖެކްޓް އިތުރަށް ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކޯޑިނޭޓްކޮށް ހިންގައި ބެލެހެއްޓުން.
- ޤާނޫނު ނަންބަރު 2010/5 (ވެރިކަން ބަދަލުވުމުގެ މަރުޙަލާއާބެހޭ ޤާނޫނު) ގައި ކޮމިޝަނުން ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ހިންގައި ބެލެހެއްޓުން.
- ކޮމިޝަންގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
- ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.
|
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
|
2020 ޖަނަވަރީ 21 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (މަޖީދީ މަގު، މާލެ، 20040) އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: 30)
- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: 15)
- ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިންސައްތަ: 55)
- އެޕްޓިޓުއުޑް ޓެސްޓް - 10 އިންސައްތަ
- ޕްރެކްޓިކަލްސް - 10 އިންސައްތަ
- އިންޓަވިއު އަދި ޕްރެޒެންޓޭޝަން - 35 އިންސައްތަ
|
ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލުކަމަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު 2020 ޖަނަވަރީ 22 ން 2020 ފެބުރުވަރީ 8 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (މަޖީދީމަގު، މާލެ 20040) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
|
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްޞީލު އާއްމުކުރުން އަދި ޝަކުވާ ހުށަހެޅުން
|
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ތަފްޞީލު ކޮމިޝަނުގެ ވެބްސައިޓުގައި އާއްމުކުރެވޭނެއެވެ. އަދި މިކަމާ ގުޅިގެން ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، މަޢުލޫމާތު އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307358 ނުވަތަ 3307307 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަނުގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.
|
|
18 ޖުމާދަލްއޫލާ 1441ހ
13 ޖަނަވަރީ 2020މ
|