ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިގޮނޑު ބެލެހެއްޓުމާއި ގޭގެއިން ކުނި އުކައިދިނުމުގެ މަސައްކަތް

މި އިޢުލާންވަނީ 21 ޖަނަވަރީ 2020 11:20 ގައި ބާތިލް ކުރެވިފައެވެ.


ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލުން އަންގާ ގޮތެއްގެ މަތިން ރަށުގެ ކުނިގޮނޑު ބެލެހެއްޓުމާއި ގޭގެއިން ކުނި ނަގައި އުކާލުމުގެ މަސައްކަތް 01 ފެބުރުއަރީ  2020 އިން 31 ޖެނުއަރީ 2021 ގެ ނިޔަލަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިމަސައްކަތުގެ މައުލޫމާތު ހިމެނޭ ބިޑްފޮތް  13 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުން ފެށިގެން 16 ޖަނަވަރީ 2020  ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލުން ލިބެން ހުންނާނެއެވެ. ބިޑް ފޮތެއްގެ އަގަކީ -/50ރ (ފަންސާސް ރުފިޔާ) އެވެ. އަދި ބިޑްފޮތް ބައްލަވާގަންނަވާ ފަރާތަކުން ތިރީގައި މިދަންނަވާ ތާރީހްތަކަށް ސަމާލުވުމަށް ދަންނަވަމެވެ.

 

ތަން

ތާރީޚް

ދުވަސް

ގަޑި

މައުލޫމާތު ބައްދަލުވުން

ތ.ހިރިލަންދޫ ކައުންސިލް އިދާރާ

16 ޖެނުއަރީ  2020

ބުރާސްފަތި

20:45

ބިޑް ހުށައެޅުން

ތ.ހިރިލަންދޫ ކައުންސިލް އިދާރާ

19 ޖެނުއަރީ 2020

އާދީއްތަ

20:45

         

           މިއިއުލާނާ ގުޅިގެން ހުށަހެޅޭ މައުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލްވާނެވާހަކަ ދަންނަވަމެވެ. އަދި ބިޑްފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ފުރުޞަތު ނުލިބޭނެއެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

12 ޖަނަވަރީ 2020
ހޯދާ