އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީގެ 3 އަވަށެއްގައި ޤާއިމްކުރެވޭ "ގޭދޮށު މަސް ޕްލާންޓް" ޤާއިމުކުރުމުގެ މަސައްކަތަށް ކޮންސަލްޓެންސީގެ ޚިދުމަތްފޯރުކޮށްދޭނެފަރާތެއްހޯދުމަށް

އިޢުލާން

އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގެ 3 އަވަށެއްގައި ޤާއިމްކުރެވޭ "ގޭދޮށު މަސް ޕްލާންޓް" ޤާއިމުކުރުމުގެ މަސައްކަތަށް މިއިދާރާއަށް ކޮންސަލްޓެންސީގެ ޚިދުމަތްފޯރުކޮށްދޭނެ ފަރާތެއްހޯދުމަށް ކުރެވުނު ނަންބަރު:(IUL)426-AA/426/2020/01  އިޢުލާން ބާތިލް ކޮށް މިމަސައްކަތަށް އަލުން ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިޚިދުމަތްފޯރުކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. 2020 ޖަނަވަރީ 12 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2020 ޖަނަވަރީ 14 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ބިޑް ޑޮކިއުމެންޓް ލިބިވަޑައިގަންނަވާނެއެވެ.

ބީލަން ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2020 ޖަނަވަރީ 15 ވާ ބުދަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2020 ޖަނަވަރީ 12 ވާ އާދިއްތަ ދުވަހުން ފެށިގެން 2020 ޖަނަވަރީ 14 ވާ އަންގާރަ ދުވަހުގެ 1400 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2020 ޖަނަވަރީ 14 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]   

ކޮޕީ :  [email protected]

14 ޖުމާދަލްއޫލާ 1441 

 

12 ޖަނަވަރީ 2020
ހޯދާ