މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ބަލަހައްޓަމުންގެންދާ ހ.ވެލާނާގެ ޓެރަހުން ފެންލީކްވެ ، ތިރީގައިވާ ފަންގިފިލާތަކަށް ފެންފައިބާ މައްސަލަ ޙައްލުކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ.

     

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ބަލަހައްޓަމުންގެންދާ ހ.ވެލާނާގެ ޓެރަހުން ފެންލީކްވެ ، ތިރީގައިވާ ފަންގިފިލާތަކަށް ފެންފައިބާ މައްސަލަ ޙައްލުކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ބަލަހައްޓަމުންގެންދާ ހ.ވެލާނާގެ ޓެރަހުން ފެންލީކްވެ، ތިރީގައިވާ ފަންގިފިލާތަކަށް ފެންފައިބާ މައްސަލަ ޙައްލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަންބަރު (IUL)471-CDS3/1/2019/413 (24 ޑިސެންބަރު 2019) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ޕްރީބިޑް ބައްދަލުވުން

މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 12 ޖަނަވަރީ 2020 ވާ އާދީއްތަ ދުވަހުގެ 10:00 ގައި،  މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.

 

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 16 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚް، ވަގުތު، އިޢުލާން ނަންބަރު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 15 ޖަނަވަރީ 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން  [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

03 ޖުމާދުލް އައްވަލް 1441ހ.

09 ޖަނަވަރީ 2020މ.

09 ޖަނަވަރީ 2020
ހޯދާ