ވަޒީފާގެ ފުރުޞަތު
|
މަޤާމް:
|
އެޑްމިނިސްޓްރޭޓިވް ސްޕަވައިޒަރ
|
ވަޒީފާގެ ދާއިރާ:
|
މީޑިއާ ޔުނިޓް
|
ބޭނުންވާ ޢަދަދު:
|
01
|
އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:
|
-/9020ރ އާއި -/14000ރ ދެމެދު
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ޙާސިލްކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 07 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ދިވެހި އަދި އިނގިރޭސި ބަހުން މުއާމަލާތު ކުރަން އެނގުމާއި އެކު ލިޔެކިއުންތައް ތައްޔާރުކުރަން އެނގުން.
- ފަހުގެ ޑިޒައިނިންގ އަދި ގްރެފިކްސް ޕްރޮގްރާމްތައް ބޭނުންކޮށްގެން ޕްރެޒެންޓޭޝަން، ޕޯސްޓަރ އަދި ކާޑް ފަދަ ތަކެތި ފަރިތަކަމާއެކު އަމިއްލަ ހުނަރު ބޭނުންކޮށްގެން ހަދަން އެނގުން.
- މާސްމީޑިއާ/ސޯޝަލްމީޑިއާ އަށް އަހުލުވެރި ފަރާތަކަށްވުން.
- IGCSE އިނގިރޭސި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
- މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން ފަރިތަކަމާއެކު ބޭނުންކުރަން އެނގުން.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ޝައުގުވެރިފަރާތަކަށްވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ކުންފުނިން ކުރާ މުހިންމު ކަންތައްތަކާއި ހިންގާ މަޝްރޫޢުތަކާއި ޕްރޮގްރާމުތަކުގެ ޚަބަރާއި މައުލޫމާތު ފެތުރުމާއި މި ދާއިރާގެ ކަންތައްތަކާބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ކަންތައްތައް ހިންގުން.
- ކުންފުނިން ކުރިއަށް ގެންދާ ހާއްސަ ރަސްމިއްޔާތުތަކުގެ ފޮޓޯ އަދި ވީޑިއޯ ނަގައި އެދުވަހު ސޯޝަލް މީޑިއާ، ކުންފުނީގެ ވެބްސައިޓް އަދި މީޑިއާތަކަށް ހިއްސާކުރުން.
- ޚަބަރުފަތުރާ ވަޞީލަތްތަކުން މިކުންފުނީގެ މަޢުލޫމާތާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި ބައިވެރިވާ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުން.
- ކުންފުނިން ބާއްވާ މީޑިއާ އިވެންޓުތަކުގެ މަޢުލޫމާތު ލިޔެ ތައްޔާރުކޮށް، އަދި ފޮޓޯ/ވީޑިއޯ ނެގުމާއެކު ލަސްނުކޮށް، ޚަބަރުފަތުރާ ވަޞީލަތްތަކަށް ފޮނުވުމާ ކުންފުނީގެ ވެބްސައިޓު އަދި ކުންފުނިން ބޭނުންކުރާ ސޯޝަލް މީޑިއާ ސައިޓުތަކުގައި ޝާއިޢުކުރުން.
- މީޑިއާތަކުން ކުންފުނިއާއި ގުޅޭ ގޮތުން ގެނެސްދޭ ޚަބަރުތައް ދިރާސާކޮށް ކަމާގުޅޭ މައުލޫމާތު ވެރިންނާ ހިއްސާކުރުން.
- އަދި މިނޫންވެސް ސްޓެލްކޯގެ މީޑިއާ ޔުނިޓްގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން އެހެނިހެން މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
2020 ޖަނަވަރީ 15 ދުވަހުގެ 15:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 2020 ޖަނަވަރީ 15 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
14 ޖުމާދަލްއޫލާ 1441
09 ޖަނަވަރީ 2020
|