ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ އާސާރީ ސަރަޙައްދުގައިހުރި ރުއްގަސް ކުއްޔަށް ދޫކުރުން

ނިލަންދޫ އާސާރީ ސަރަޙައްދުގައިހުރި ރުއްގަސް ކުއްޔަށް ދޫކުރުން.

ނިލަންދޫ އާސާރީ ސަރަޙައްދުގައިހުރި މިދަންނަވާ ރުއްގަސް 5 (ފަހެއް) އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ނިންމައިފީމެވެ.

(ހ) ފޯދުނު ދިވެހި  69 (ނަވަހައްޓި) ރުއް.

ށ. ފޯދުނު ޖައުފާނު 7 (ހަތެއް) ރުއް.

ނ. ފޯދުނު 5 (ފަހެއް) ބަނބުކެޔޮގަސް.

 

މި ރުއްގަސް ކުއްޔަށް ހިފުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މަހަކަށް 1,800/- (އެއްހާސް އަށްސަތޭކަ) ރުފިޔާ އެވެ.  އަދި މި ރުއްގަނޑު ކުއްޔަށް ދޫކުރާނީ އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ. 

މި ރުއްގަނޑާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން 2020 ޖަނަވަރީ 14 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.

ވީމާ، މި ރުއްގަނޑު ކުއްޔަށް ނަންގަވަން ބޭނުންފުޅުވާ ބޭފުޅުން، " ނިލަންދޫ އާސާރީ ސަރަޙައްދުގެ ރުއްގަސް ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2020 ޖަނަވަރީ 16 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ފޯމުތައް ބަލައެއްނުގަނެވޭނެއެވެ.

ރުއްގަނޑު ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތު ކަރުދާހާއި ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމުމިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް އެ ލިއުންތައް ނެގެން ހުންނާނެއެވެ. މިއިދާރާގެ ފޭސްބުކް ޕޭޖުގެ އެޑްރެހަކީ: (fb id: Faafu Nilandhoo Council Idhaaraa) އެވެ. ވެބްސައިޓް އެޑްރެސް މި ކަރުދާހުގެ ތިރީބައިގައި ލިޔެފައިވާނެއެވެ.

13 ޖުމާދަލްއޫލާ 1441

08 ޖަނަވަރީ  2020

09 ޖަނަވަރީ 2020
ހޯދާ