ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ނޫރު މިސްކިތުގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނޭ ފަރާތެއް ހޯދުން

މިރަށު މަސްޖިޖުއްނޫރުގެ ތަޅުމާއި ފާރުގައި ޖަހާފައި ހުރި މުށިތައް ނައްޓައި އަލުން މުށިޖެހުމާއި، ސީލިންގްގެ ބޯޑަރުން ނެއްޓިފައިވާ ބައިތައް އަލުންހަރުކުރުމާއި މިސްކިތުގެ ބޭރުފާރުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރިން އާންމު ކޮށްފައިވާ، މިއިދާރާގެ ނަންބަރ: 246/246/2019/48(އައި.ޔޫ.އެލް) (08 އޮކްޓޯބަރ 2019) އިއުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށައަޅާ ބިޑު ކާމިޔާބު ކުރައްވާފައިވާ ފަރާތުން ކަނޑައެޅިފައިވާ މުއްދަތުގައި މަސައްކަތުގެ އެއްބަސް ވުމުގައި ސޮއި ކުރެއްވުމަށް ހާޞިރު ވެލައްވާފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިރަށު މަސްޖިޖުއްނޫރުގެ ތަޅުމާއި ފާރުގައި ޖަހާފައި ހުރި މުށިތައް ނައްޓައި އަލުން މުށިޖެހުމާއި، ސީލިންގްގެ ބޯޑަރުން ނެއްޓިފައިވާ ބައިތައް އަލުންހަރުކުރުމާއި، މިސްކިތުގެ ފާރުތަކުގައި ކުލަލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 20 ޖެނުއަރީ 2020 ވާ ހޯމަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 ޖެނުއަރީ 2020 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީ ހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިއެވެ. ސިޓީއުރައިގެ ބޭރުގައި "ހއ. މޮޅަދޫ މަސްޖިދުއްނޫރު މަރާމާތު ކުރުމުގެ މަސައްކަތް" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެހާއި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑީގެ ކުރިންނާއި، ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިމަސައްކަތް ކުރުމަށްއެދި ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރު: 2014/19 ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހާޟިރުވެލެއްވުމަށް އުޒުރުވެރި ވެލައްވާ ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުއްވިދާނެއެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތުގެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ހާޒިރުވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުން ފުޅުވެލައްވާނަމަ، ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6500031 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

09 ޖަނަވަރީ 2020
ހޯދާ