މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

   

 

                                                           ނަންބަރު:MREIC/IU/2020/0001

ވަޒީފާގެ ފުރުސަތު

 

މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަނަކީ އެމްޓީސީސީގެ ސަބްސިޑަރީ ކުންފުންޏެކެވެ.

މި ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝަޢުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

 

މަޤާމް:                 

އެސިސްޓެންޓް ސޭލްސް އޮފިސަރ

ޢަސާސީ މުސާރަ:         

5900.00 ރ.

ސަރވިސް އެލަވަންސް:      

 1000.00ރ.

ބޭނުންވާ އަދަދު:           

01

އެޑިއުކޭޝަން އެލަވަންސް:

 

އެމް އެން ކިޔު އެފް ލެވެލް 07 އިން މަތީގެ ސަނަދުތަކަށް އަސާސީ މުސާރައިގެ %40

ލެވެލް 05 އަދި 06 ގެ ސަނަދުތަކަށް އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: 

ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފައިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުޞޫލުގެ މަތީން ކުންފުނީގެ ހެލްތް އިންޝުއަރެންސް ލިބިދެވޭނެއެވެ.

 

މަސައްކަތް ކުރަންޖެހޭ ތަން:    

މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަން /ފަންވަރު ޝޯރޫމް

 

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. މުދާ ވިއްކުމަށް ހަމަޖެހިފައިވާ އިންތިޒާމްތަކާއި އުސޫލްތަކާއި އެއްގޮތައް މުދާ ވިއްކުން
  2. ކަސްޓަމަރުންނަށް މުދަލާއިބެހޭ މަޢުލޫމާތު ދިނުން
  3. ކައުންޓަރުތަކުގެ ފައިސާ ބަލަހައްޓާ ގެންގުޅުން
  4. ކަސްޓަމަރުންނާއި ރީތިބަހުން މުއާމަލާތްކޮށް، މައްސަލަތައް ހައްލުކޮށްދިނުން
  5. ކަސްޓަމަރުންނާއި އޮންނަ ގުޅުން ވަރުގަދަކުރަން މަސައްކަތްކުރުން
  6. ފޯނުކޯލް ތަކަށާއި އީމެއިލް ތަކަށް ޖަވާބުދާރީވުން
  7. ކަސްޓަމަރުން ބޭނުން ވެއްޖެ ހިނދެއްގައި ކޯޓޭޝަން ތައްޔާރުކޮށްދިނުން
  8. ސޭލްސް ފައިނަލް ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައް ކުރުން
  9. ކޮންމެ ދުވަހެއްގެ މަސައްކަތް ދިޔަގޮތުގެ ތަފްސީލީ ރިޕޯޓެއް ތައްޔާރުކުރުން
  10. ކުންފުނީގެ އެހެން ޑިޕާރޓްމެންޓް ތަކާއި ގުޅިގެން ކަސްޓަމަރުންނަށް ފުރިހަމަ ސާރވިސް އެއް ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން
  11. ޑިޕާރޓްމެންޓްއިން ބާއްވާ އެންމެހާ ޕްރޮމޯސަނަލް ހަރަކާތްތަކުގައި އިސްނެގުމުގެ އިތުރުން ކުންފުނި ކުރިއެރުމަށް ކުރަންޖެހޭ ކަންތައްތަކުގައި އަމަލީގޮތުން ބައިވެރިވުން

މަގާމުގެ ޝަރުތުތައް:           

  1. މިމަގާމާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލްކޮށްފައިވުމާ އެކު މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން މަދުވެގެން 1 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ނުވަތަ.
  2. މަސައްކަތާއި ގުޅޭ ދާއިރާ އަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. މައިކްރޮސޮފްޓް އޮފީސް ޕެކޭޖު ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން.

ހުށައަޅަންޖެހޭ ލިޔުންތައް:      

  1.  ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ކުންފުނީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުން، / ހ.ސޯމިލް / ފުރަތަމަ ފަންގިފިލާ  ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔަތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

  (ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.     
  2.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
  3. ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛     

  ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް

ހޮވުމަށް ބެލެވޭނެ ކަންތައްތައް:     

  1. ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.                    
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ގާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

 

 

 

 

 

 

 

ވީމާ، މިމަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 15 ޖަނަވަރީ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ "ޖޮބް އެޕްލިކޭޝަން ފޯމް" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއިއެކު ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށެހެޅުއްވުން އެދެމެވެ. މިތަކެތި ފެކްސް އަދި އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ. މި ފޯމް ކުންފުނީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުން (ހ.ސޯމިލް / ފުރަތަމަ ފަންގިފިލާ ) ލިބެން ހުންނާނެއެވެ.

                       

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ،  3001488 ނަންބަރު ފޯނަށް، ނުވަތަ 7736424 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ.

 

 

08 ޖަނަވަރީ 2020

08 ޖަނަވަރީ 2020
ހޯދާ