މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - މާކެޓިންގ ޕޮލިސީ ކޮންސަލްޓަންޓް އަދި ކްރިއޭޓިވް ޑައިރެކްޓަރ

ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު:

މިމިނިސްޓްރީގެ ތިރީގައި މިދަންނަވާ ވަޒީފާތަކަށް ކޮންސަލްޓަންޓުން ގޮތުގައި އަދި ކޮންޓްރެކްޓް އުޞޫލުން މީހުން ބޭންނުވެއެވެ.

މަޤާމު

ބޭނުންވާ ޢަދަދު

މާކެޓިންގ ޕޮލިސީ ކޮންސަލްޓަންޓް

1

ކްރިއޭޓިވް ޑައިރެކްޓަރ

1

ވީމާ، އިސްވެދެންނެވުނު މަޤާމުތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، 2020 ޖަނަވަރީ 19 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތުގެ މުއްދަތު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ "ޓަރމްސް އޮފް ރެފަރަންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ.

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

13 ޖުމާދަލްއޫލާ 1441

8 ޖަނަވަރީ 2020

08 ޖަނަވަރީ 2020
ހޯދާ