ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ޤާނޫނީ ވަކީލުން ދަރަޖަކުރުމާގުޅޭ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ޤާނޫނީ ވަކީލުން ދަރަޖަކުރުމާގުޅޭ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

 

ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 29 ވަނަ މާއްދާގެ ދަށުން، ތަފާތު ދަރަޖަތަކުގެ ކޯޓުތަކަށް ޙާޟިރުވެ ވަކާލާތުކުރުމުގެ ބޭނުމަށްޓަކައި، ޤާނޫނީ ވަކީލުން ދަރަޖަކުރުމާގުޅޭ ގޮތުން އެކުލަވާލާފައިވާ ޤާނޫނީ ވަކީލުން ދަރަޖަކުރުމާގުޅޭ ޤަވާޢިދުގެ 2 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ އެ މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމިޓީ އެކުލަވާލުމަށްޓަކައި، ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހެޅުމަށް އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ފުރުޞަޠު ހުޅުވާލަމެވެ.

މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ.

މަޤާމް:

ދަރަޖަކުރުމާގުޅޭ ކޮމިޓީގެ މެންބަރު

 

ބޭނުންވާ ޢަދަދު:

3 (ތިނެއް)

 

އަސާސީ ޝަރުތުތައް:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލެއް ކަމުގައިވުން

 

ކޮމިޓީގެ މަސްއޫލިއްޔަތުތައް:

ދިވެހިރާއްޖޭގެ ތަފާތު މަރުޙަލާތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް ހާޒިރުވެ ވަކާލާތު ކުރުމުގެ ބޭނުމަށްޓަކައި، ޤާނޫނީ ވަކީލުން ދަރަޖަކުރުމާ ގުޅޭ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން، ޤާނޫނީ ވަކީލުން ދަރަޖަ ކުރުން.

 

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  1. ދަރަޖަކުރުމާގުޅޭ ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހަހަޅާ ސިޓީ؛
  2. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު؛
  3. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައިގެ ކޮޕީ؛ އަދި
  4. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ.

 

ސުންގަޑި:

16 ޖެނުއަރީ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބާ ކައުންސިލުގެ [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.

08 ޖަނަވަރީ 2020
ހޯދާ