ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނޭޝަނަލް ސެޓިފިކެޓް 3 އިން އިލެކްޓްރިޝަން

ނޭޝަނަލް ސެޓިފިކެޓް 3 އިން އިލެކްޓްރިޝަން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު

ކޯހުގެ ނަން:

ނޭޝަނަލް ސެޓިފިކެޓް 3 އިން އިލެކްޓްރިޝަން

ލެވެލް:

03

ކޯހުގެ މުއްދަތު:

15 ހަފްތާ (ފުލްޓައިމް)

ކޯހުގެ ޖާގަ:

30

ފެންވަރު ނުވަތަ ޝަރުޠު:

  • އުމުރުން 18 އަހަރު ފުރިފައިވުން (އަންހެން).
  • މި ކޯހަކީ ޒުވާން ކަނބަލުންނަށް ހާއްޞަ ކުރެވިފައިވާ ކޯހެއް ކަމުން 35 އަހަރުން ދަށުގެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

ކޯހުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުން:

މި ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު ވަނަވަރާއި، ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ އަދި އައި.ޑީ.ކާޑުގެ ކޮޕީ މި ކުންފުނީގެ އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް 2020 ޖަނަވަރީ 19 ވަނަ ދުވަހުގެ 14:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު:

  • މި ކޯހަކީ މި ކުންފުންޏާއި ޓިވެޓް އޮތޯރިޓީއާއި ގުޅިގެން ޒުވާން ކަނބަލުންނަށް ހާއްޞަ ކޮށްގެން ހިންގާ ކޯހެކެވެ.
  • މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ 2020 ޖަނަވަރީ މަހުގެ ފަހު ހަފްތާ ތެރޭގައެވެ. އަދި މި ކޯސް ހިންގޭނީ މާލޭގެ މި ކުންފުނީގެ ހެޑް އޮފީހުގައެވެ.
  • މިކޯހުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނެގޭނެއެވެ.
  • މި ކޯސް ފުރިހަމަ ކުރެއްވުމުން ވަޔަރު ކުރުމުގެ ހުއްދަ ލިބޭ ލައިސަންސަށް އެދި ހުށަހެޅޭނެއެވެ.
  • މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް މި ކުންފުނީގެ ހެޑް އޮފީހުން އަދި ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކުންފުނީގެ ނަންބަރު 3338299  ނުވަތަ 3338297 އާއި ގުޅުއްވުން އެދެމެވެ.

 

              13 ޖުމާދަލްއޫލާ 1441 

              08 ޖަނަވަރީ  2020

08 ޖަނަވަރީ 2020
ހޯދާ