މޯލްޑިވްސް ޕޫލް - ބިލިޔާޑް އެސޯސިއޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު (ކޭޝިއަރ)

ވަޒީފާގެ ފުރުސަތު

މިއެސޯސިއޭޝަންގެ ތިރީގައި ބަޔާންކުރެވިފައިވާ މަޤާމަށް މުއައްޒަފަކު ބޭނުންވެއްޖެ އެވެ.

 

މަޤާމް: ކޭޝިއަރ

ބޭނުންވާ އަދަދު: 01

ފެންވަރު ނުވަތަ ޝަރުތު: ޖީސީޢީ އޯލެވެލް އިމްތިހާނުގައި "އިގިރޭސީ" އަދި "ހިސާބު" މިދެމާއްދާއިން ފާސްވެފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" އަދި "އިސްލާމް" މިދެމާއްދާ އިން ފާސްވެފައިވުން.

 

މުސާރަ: -/5,000 (ފަސްހާސް) ރުފިޔާ

 

ވީމާ، މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތައުލީމީ ސެޓްފިކޭޓްތަކުގެ ކޮޕީ އާއި އައި.ޑީ.ކާޑު ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ބަޔާންކޮށް 16 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރީން މިއެސޯސިއޭޝަންއަށް ސިޓީއަކުން ނުވަތަ ޢީމެއިލްގެ ޒަރީއްޔާއިން ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ފޮނުއްވާނީ [email protected] އަށެވެ.

13 ޖުމާދަލްޢޫލާ 1441ހ

08 ޖެނުއަރީ 2020މ

08 ޖަނަވަރީ 2020
ހޯދާ