ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސީނިއަރ ފިރިހެން އަދި ސީނިއަރ އަންހެން ވޮލީބޯޅަ ޓީމްގެ ފަރިތަކުރުންތަކާ ގުޅޭ:

އިޢުލާން

 

ސީނިއަރ ފިރިހެން އަދި ސީނިއަރ އަންހެން ވޮލީބޯޅަ ޓީމްގެ ފަރިތަކުރުންތަކާ ގުޅޭ:

                   

              

 

2020 ވަނަ އަހަރު މާރޗް މަހު ބަންގްލަދޭޝް ގައި އޮންނަ "އޭސިއަން ސެންޓްރަލް ޒޯން މެންސް" މުބާރަތައް ތައްޔާރުވުމުގެ ގޮތުން ސީނިއަރ ފިރިހެން ވޮލީބޯލް ޓީމްގެ ފަރިތަކުރުން 18 ޖަނަވަރީ 2020 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އަދި 2020 ވަނަ އަހަރު މާރޗް މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "އޭސިއަން ސެންޓްރަލް ޒޯން ވުމެންސް" މުބާރާތައް ތައްޔާރުވުމުގެ ގޮތުން ސީނައަރ އަންހެން ވޮލީބޯޅަ ޓީމްގެ ފަރިތަކުރުންތަށް މިހާރު ވަނީ ފެށިފައެވެ.

މި ދެމުބާރާތުން މެޑަލްއެއް ހޯދުމުގެ އަމާޒުގައި ސަރުކާރާއި ވޮލީބޯލް އެސޯސިއޭޝަން ގުޅިގެން 2 ޓީމަށް ވެސް އިރުޝާދު ދޭނީ ރައްޖޭއިން ބޭރު ކޯޗެކެވެ. އެގޮތުން ޓީމްގެ ހުރިހާ ކުޅުންތެރިން އެއްކޮށް ވީހާވެސް ގިނަ ފަރިތަކުރުންތަކެއްގައި ބައިވެރިވުމުގެ އަމާޒުގައި އަދި އެހެން މުބާރާތްތަކުގައި ކުޅެގެން ކުޅުންތެރިންނަށް ލިބޭ އަނިޔާތައް މަދުކޮށް ރަގަޅު ޓީމެއް ބިނާކުރުމުގެ މަޤްސަދުގައި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރަތް ނިމެންދެން ސީނިއަރ ޤައުމީ އަންހެން ވޮލީ ޓީމު އަދި ސީނައަރ ފިރިހެން ވޮލީ ޓީމުގެ އެއްވެސް ކުޅުންތެރިއަކަށް ރާއްޖޭގައި ބާއްވާ ލޯކަލް މުބާރާތެއްގައި ބައިވެރި ވެވޭނި މިއެސޯސިއޭޝަންގެ ހުއްދަ ލިބިގެންނެވެ.

08 ޖަނަވަރީ 2020

08 ޖަނަވަރީ 2020
ހޯދާ