މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އިންޓަރނަލް އޮޑިޓް ސްޕެޝަލިސްޓް (ލޯކަލް)

އިޢުލާން ނަންބަރު:

IUL)13-PFMU/13/2020/4)

 

  

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

 

އިންޓަރނަލް އޮޑިޓް ސްޕެޝަލިސްޓް (ލޯކަލް)

[Ref No: PSSP-AF/2.1/C/04]

 

މިނިސްޓްރީ އޮފް ފިނޭންސް އިން ކުރިއަށް ގެންދާ ދަޢުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫޢުއަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މިމަޝްރޫޢުގެ ދަށުން އިންޓަރނަލް އޮޑިޓް ސްޕެޝަލިސްޓްގެ މަސައްކަތްކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)13-PFMU/13/2019/163  )07 އޮގަސްޓް 2019 (އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާން ބާތިލުކޮށް، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މިފުރުސަތު އަލުން ހުޅުވާލަމެވެ.

 

ކޮންސަލްޓެންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕަބްލިކް ފައިނޭންސް ރެގިއުލޭޝަންއާ އެއްގޮތަށް މާލީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި އިންޓަރނަލް އޮޑިޓް ހިންގުމާއި، އެކައުންޓިންގ އިމްޕްލިމިންޓްކުރުމާއި އަދި ރިޕޯޓްތައް އެކުލަވާލުން ހިމެނެވެ. ކޮންސަލްޓެންޓްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

 

  • އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް (އައި.އެފް.އޭ.ސީ) އެކައުންޓިންގ ދާއިރާ އަކުން ޕްރޮފެޝަނަލް ސެޓްފިކެޓް ހާސިލްކޮށްފައިވުން.
  • އޮޑިޓް، އެޝުއަރަންސް ނުވަތަ އެކައުންޓިންގ ދާއިރާގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • މިމުއްދަތުގެ ތެރޭގައި 3 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
  • އެސް.އޭ.ޕީ ސޮފްޓްވެއަރގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މާލިއްޔަތު ޤާނޫނާއި ޤަވާއިދަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ދިމާވާމައްސަލަތައް ދިރާސާކުރުމާއި ހައްލުކުރުމުގެ އިތުރުން މާލީ ނިންމުންތަކުން ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު ދެނެގަތުމުގެ ގާބިލުކަން ހުރުން.  
  • އިނގިރޭސި ބަހާއި އަދި ދިވެހި ބަހުން ފަރިތަކަމާއިއެކު ލިޔަން ކިޔަން އެނގުން.

 

މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ އަށް ބިނާކޮށް މުސާރައިގެ ގޮތުގައި 1,945.00 އެމެރިކާ ޑޮލަރާއި 2,269.00 އެމެރިކާ ޑޮލަރާއި ދެމެދުގެ ޢުޖޫރައެއް ދިވެހި ރުފިޔާއިން ދެވޭނެ އެވެ.

 

މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

 

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި ޝާޢިއު ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.

 

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ޖެނުއަރީ 2020 ހޯމަ ދުވަހު 13:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

އަބްދުﷲ ޙަސަން

ޕްރޮޖެކްޓް ޑިރެކްޓަރ

ޕަބްލިކް ފައިނޭންސް މެނޭޖްމެންޓް ސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް

މިނިސްޓްރީ އޮފް ފިނޭންސް

މާލެ،  ދިވެހިރާއްޖެ.

   ޓެލެފޯން:3349368 ،3349102

ފެކްސް:3320706 ،3324432

އީމެއިލް އެޑްރެސް [email protected] :

        [email protected]

 

07 ޖެނުއަރީ 2020

 

07 ޖަނަވަރީ 2020
ހޯދާ