މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

      އުނގޫފާރު، ދިވެހިރާއްޖެ                                                     ނަންބަރު:  IUL)303-AS/2020/02)

އިޢުލާން

ވަޒީފާގެ ފުރުސަތު

މަޤާމް:              ޓެކްނީޝަން

މަޤާމުގެ އަދަދު:        2

މަސައްކަތް ކުރާތަން:     އުނގޫފާރު ފެނުގެ ނިޒާމް / އުނގޫފާރު ކައުންސިލް އިދާރާ

މުސާރަ:             3300.00 ( ތިންހާސް ތިންސަތޭކަ ރުފިޔާ )

ސާރވިސް އެލަވަންސް:   މުސާރައިގެ %30

ހާޒިރީ އެލަވަންސް:      މުސާރައިގެ %20     

                  މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް އާއި ހަމަޖެހިފައިވާ އުޞޫލުން ބަންދު ދުވަހުގެ ފައިސާ އަދި އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި  ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

1-      ގުޅުންހުރި ދާއިރާއަކުން ލެވަލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފަވުން ނުވަތަ

2-      އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން

3-      ސިއްޙަތު ރަގަޅުމީހަކު ކަމުގައިވުން

4-      ގިނަވަގުތު މަސައްކަތު އުޅެވޭ މީހެއްކަމުގައިވުން

މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:    1- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

                 2- އައިޑީ ކާޑް ( ކިޔަން އެގޭ ސާފް ) ކޮޕީ

                 3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ލީވިންގް ސެޓްޕިކެޓްގެ ކޮޕީ

                 4- އެހެން ވަޒީފާއެއްގައި އުޅެފައިވާނަމަ އުޅެފައިވާ މުއްދަތު އެގޭގޮތަށް އެތަނުގެ ތައްގަޑުޖެހިލިޔުން.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:  މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ

ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި : 15 ޖެނުއަރީ 2020، ބުދަ ދުވަހުގެ 14:00 ޖެހުމުގެ ކުރިން މިއިދާރާއަށެވެ.

މިމަޤާމަށް އެދިހުށައަޅާ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ 16 ޖެނުއަރީ 2020 އާއި 19 ޖެނުއަރީ 2020 އާއި ދެމެދު ރ. އުނގޫފާރު ކައުންސިލްއިދާރާގައެވެ. ވަޒީފާއަށް މުވައްޒަފުން ނެގުމުގައި ތައުލީމީ ސެޓްފިކެޓްތަކުގެ އިތުރުން ދާއިރާއާއި ގުޅުންހުރި ތަޖްރިބާއަށާއި އިންޓަވިއު އަށް ބެލޭނެވާހަކަ ދަންނަވަމެވެ.

                  12 ޖުމާދަލްއޫލާ 1441   

                  07  ޖެނުއަރީ 2020

 

07 ޖަނަވަރީ 2020
ހޯދާ