ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް ސްޕަވައިޒަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެޑްމިނިސްޓްރޭޓިވް ސްޕަވައިޒަރ

ވަޒީފާގެ ދާއިރާ:

ކޯޕަރޭޓް އެންޑް ލީގަލް އެފެއަރޒް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:

-/9020ރ އާއި -/14000ރ ދެމެދު

ފެންވަރު ނުވަތަ ޝަރުޠު:

  • މަސައްކަތާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ޙާސިލްކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 07 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ދިވެހި އަދި އިނގިރޭސި ބަހުން މުއާމަލާތު ކުރަން އެނގުމާއި އެކު ލިޔެކިއުންތަށް ތައްޔާރުކުރަން އެނގުން.
  • ފަހުގެ ޑިޒައިނިންގ އަދި ގްރެފިކްސް ޕްރޮގްރާމްތައް ބޭނުންކޮށްގެން ޕްރެޒެންޓޭޝަން، ޕޯސްޓަރ އަދި ކާޑް ފަދަ ތަކެތި ފަރިތަކަމާއެކު އަމިއްލަ ހުނަރު ބޭނުންކޮށްގެން ހަދަން އެނގުން.
  • IGCSE އިނގިރޭސި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން ފަރިތަމަ ކަމާއެކު ބޭނުންކުރަން އެނގުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ޝައުގުވެރިފަރާތަކަށް ވުން. 

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނިން ހިންގާ އެކިއެކި އިވެންޓްތައް އިންތިޒާމްކޮށް ރާވާ ހިންގުން.
  • ކުންފުންޏާއި އިދާރީގޮތުން ގުޅުންހުރި ޕޮލިސީ/ރިޕޯޓް ފަދަ ތަކެތި އިނގިރޭސި އަދި ދިވެހި ބަހުން ޑްރާފްޓްކުރުން.
  • ކުންފުންޏާއި އިދާރީގޮތުން ގުޅުންހުރި ސިޓީ ފަދަ ތަކެތި އިނގިރޭސި އަދި ދިވެހި ބަހުން ޑްރާފްޓްކުރުން.
  • ކުންފުނިން އެކި އެކި މުނާސަބާ އަދި ޙަފްލާތަކަށް ބޭނުންވާ ޕްރެޒެންޓޭޝަން، ޕޯސްޓަރ އަދި ކާޑު ފަދަ ތަކެތި ހަދުން.
  • ޑިޕާޓްމަންޓްގެ އިދާރީ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

2020 ޖަނަވަރީ 15 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 2020 ޖަނަވަރީ 15 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv     ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

       12  ޖުމާދަލްއޫލާ   1441 

       07  ޖަނަވަރީ     2020

07 ޖަނަވަރީ 2020
ހޯދާ