ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ޢަރަބި ޑިޕްލޮމާ ކޯހުގެ މުއްދަތު އިިތުރުކުރުމަށް

އިޢުލާން

  ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި  2020 ވަނަ އަހަރުގެ ފުރަތަމަ  ސެމިސްޓަރ ގައި ފެށުމަށް  (IUL)160-AD&HR/1/2019/54 (14 ނޮވެމްބަރ 2019) ވަނަދުވަހު ކުރި އިޢުލާނާ ގުޅިގެން ތިރީގައި މިދަންނަވާ ކޯސްތަކުގެ ޖާގަ އިތުރަށް ހުރުމާއެކު އެކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލަމެވެ.

 

ޢަރަބި ބަހުގެ ޑިޕްލޮމާ

ޝަރުޠު:       1-  މަރްކަޒުން ޤަބޫލު ކުރާ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެއް ފުރިހަމަކޮށް ސަނަދު ހާސިލުކޮށްފައިވުން.

            2-  މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:             4 ސެމިސްޓަރ

ޖާގަ:         60 ޖާގަ

ކިޔަވައިދޭ ގަޑިތައް:

-        ހަފްތާ ބަންދުގައި

-        ހަފްތާތެރޭ ( ރޭގަނޑު )

 

  • މިކޯސް ހިންގުމަށް ހަމަޖެހިފައިވާ މަރްކަޒް : މާލެ

        ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު 2019 ޖަނަވަރީ 07 ވާ އަންގާރަ ދުވަހުން ފެށިގެން މި މަރުކަޒުން ދޫކުރަމުން ގެންދާނެއެވެ. އަދި މަރުކަޒުގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2020 ޖަނަވަރީ 15 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު ހުށަހެޅުން އެދެމެވެ.

06 ޖަނަވަރީ 2020
ހޯދާ