ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ: އޮޑިޓަރޖެނެރަލްގެ އޮފީސް އޮޑިޓްކުރުމާގުޅޭ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2019 ވަނަ އަހަރުގެ އަހަރީ އޮޑިޓްކުރުމަށް އޮޑިޓް ފާމެއް ހަމަޖެއްސުމަށް ކުރެވުނު ނަންބަރު 45 / 2019 / އައި.ޔޫ /އެމް.އެލް/ އެފް - 57 (3 ޑިސެމްބަރ 2019) އިޢުލާނާ ގުޅިގެން، ތިން ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅުއްވާފައިނުވާތީ، އެ ޢިއުލާނު ބާޠިލުކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން، ދިވެހިރާއްޖޭގައި އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތްދިނުމުގެ ގަވާއިދުގެ ދަށުން ޕްރެކްޓިސިންގ ސަރޓިފިކެޓް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ އޮޑިޓް ފާމްތަކުގެ ތެރެއިން -/100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން ފީއެއްގައި އޮޑިޓަރ ޖެނެރަލްގެ އޮފީސް އޮޑިޓްކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

06 ޖަނަވަރީ 2020
ހޯދާ