ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައުތަކެތި ނީލަންކިޔުން

އިޢުލާން

 

                    މިކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

                    - ހުސް ފީފާ (400 ފީފާ)

                    މި ތަކެތީގެ ނީލަން ފެށޭ އަގަކީ 4,000.00  (ހަތަރު ހާސް) ރުފިޔާ އެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 500.00 (ފަސްސަތޭކަ) ރުފިޔާ އެވެ.

                    ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2020 ޖަނަވަރީ   09 ވާ ބުރާސްފަތި ދުވަހުގެ 12:00 ށް މި ކުންފުންޏަށް ވަޑައިގެން މި ތަކެތި ބެއްލެވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު އަދި އައި.ޑީ.ކާޑު ގެ ފޮޓޯ ކޮޕީއާއެކު ސިޓީ އުރައެއްގައި ބަންދުކުރުމަށް ފަހު 2020 ޖަނަވަރީ 09 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް މި ކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 2 ދުވަސް ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ، ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށް ފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

                    މި ތަކެތި ބައްލަވައިލައްވަން ބޭނުންވެލައްވާ ފަރާތްތަކުން ނަންބަރު: 7772572 ފޯނާ ގުޅުވުން އެދެމެވެ.

                    10 ޖުމާދަލްއޫލާ  1441  

                    05 ޖަނަވަރީ   2020 

05 ޖަނަވަރީ 2020
ހޯދާ