މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ޅައިމަގުގައި ޕްރީ ސްކޫލް ހިންގި އިމާރާތާއި ބިން ކުއްޔަށް ދިނުން

     ށ.ޅައިމަގު ޕްރީ ސްކޫލް ހިންގި އިމާރާތާއި 1980 އަކަފޫޓް (45x44) ބިން ކުއްޔަށް ހިފައިގެން އެތަނުގައި ޅަފަތުގެ ތަޢުލީމް (ނާސަރީ،ބޭބީނާސަރީ) ކިޔަވައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި އިމާރާތާއި ބިމުގެ ކުއްޔަށް ހުށަހެޅޭނޭ އެންމެ ކުޑައަގަކީ އަކަފޫޓަކަށް -/60  (ފަސްދޮޅަސް ލާރި)  ލާރީގެ ރޭޓުން 1,188.00 (އެގާރަސަތޭކަ އައްޑިހަ އައްރުފިޔާ) ރުފިޔާއެވެ. އެގޮތުން ކުއްޔަށް ދޫކުރެވޭނީ ހުށަހަޅާ އަގުތަކުގެތެރެއިން އެންމެ ބޮޑުއަގު ހުށަހަޅާ ފަރާތަކަށެވެ.

 

     ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން  12 ޖެނުއަރީ 2019 ވާ އާދީއްތަދުވަހުގެ 13.00 ށް ކުލި ހުށަހަޅުއްވާ ފޯމް ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެންދެއްވުންއެދެމެވެ. ކުލި ހުށަހަޅުއްވާ ފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ.

     އަގު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ސިޓީ ފޮނުއްވުންއެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވާނަމަ،ރަސްމީގަޑީގައި މިއިދާރާއަށް ދުރުވުމުން ނުވަތަ 6540051 ނަންބަރ ފޯނަށް ގުޅުމުން ލިބިވަޑައިގަންނަވާނެއެވެ.

     މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

05 ޖަނަވަރީ 2020
ހޯދާ