ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ގއ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ.

ގއ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ.

ގއ.ނިލަންދޫ މެޖިސްޓްރޭޓު ކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރެވުނު މިކޯޓުގެ ނަންބަރު 64/2019/(IUL)P2C  އިޢުލާނާ ގުޅިގެން އެސްޓިމޭޓު ހުށަހެޅި ފަރާތްތަކުގެ މަޢުލޫމާތު ފުރިހަމަ ނުވާތީ އެ އިޢުލާން ބާޠިލްކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 06 ޖެނުއަރީ 2020 ވަނަ ދުވަހުގެ 13:30 އަށް ގއ.ނިލަންދޫ މެޖިސްޓްރޭޓު ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ޖެނުއަރީ 2020 ވަނަ ދުވަހުގެ 13:30 އަށް ގއ.ނިލަންދޫ މެޖިސްޓްރޭޓު ކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

31 ޑިސެންބަރު 2019
ހޯދާ