އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީ މީދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އައްޑޫސިޓީ މީދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު (IUL)426-AA/426/2019/421 އިއުލާނަށް އެކަށީގެންވާ އަދަދަށް ބިޑް ހުށަހެޅިފައިނުވާތީ، މި ދެންނެވި  އިއުލާން ބާތިލްކޮށް އަލުން، ފުރުސަތު ހުޅުވާލަމެވެ  

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. މިކަމަށް އެދި ހުށަހަޅާ ބިޑް ޑޮކިއުމަންޓް 31 ޑިސެންބަރު 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ން ފެށިގެން 09 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން އަދި އަވަށުއޮފީސްތަކުން ގަންނަން ލިބެން ހުންނާނެއެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރުފިޔާ އެވެ.

މި މަސަތްކަތާއި ގުޅޭ މައުލޫމާތު ސެޝަނެއް 12 ޖަނަވަރީ 2020 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި އިދާރާގެ ކޮންފަރެންސް ހޯލުގައި އަދި މީދޫ އަވަށުއޮފީހުގައި އޮންނާނެއެވެ.ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 16 ޖަނަވަރީ 2020 ވާ ބުރާސްފައި ދުވަހުގެ 13:00ގައި ކައުންސިލް އިދާރާގެ ހޯލުގައި އަދި މީދޫ އަވަށު އޮފީހުގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 31 ޑިސެންބަރު 2019 ވާ އަންގާރަ ދުވަހުން ފެށިގެން 15 ޖަނަވަރީ 2020 ވާ ބުދަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 15 ޖަނަވަރީ 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް: [email protected]

ކޮޕީ :  [email protected]   

 

04 ޖުމާދުލް އޫލާ 1441

 

30 ޑިސެންބަރު 2019
ހޯދާ