ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރެގިއުލަރައިޒޭޝަން ރެޖިސްޓްރޭޝަން އެޕޮއިންޓްމެންޓް ހެއްދުމާގުޅޭ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދަ އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ހިންގަމުން ގެންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމާއި ގުޅިގެން، ކުޅުދުއްފުށީގައި އުޅޭ މިފަދަ ބިދޭސީންގެ ތެރެއިން، ވަޒީފާދޭނެ ފަރާތެއް ނެތް ބިދޭސީންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށްޓަކައި އެޕޮއިންޓްމެންޓް ދޫކުރުމުގެ އިންތިޒާމް މިއިދާރާގައި ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

އެޕޮއިންޓްމެންޓް ދޫކުރުން ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުގެ 16:00 ން 18:00 ށް މިކައުންސިލް އިދާރާގައެވެ. އެޕޮއިންޓްމެންޓް ހެއްދުމަށް ހާޟިރުވާއިރު، ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް އޮތް ފަރާތްތަކުން، އެލިޔުން ގެންނެވުމަށް ދަންނަވަމެވެ.

30 ޑިސެންބަރު 2019
ހޯދާ