އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުދޫ އަވަށު ކޯނަރޕާރކް ކެފޭ ކުއްޔަށް ދޫކުރުމަށް

އިޢުލާން

ހުޅުދޫ އަވަށު ކޯނަރޕާރކް ކެފޭ ކުއްޔަށް ދޫކުރުމަށް

އައްޑޫސިޓީ ހުޅުދޫ އަވަށު ކޯނަރޕާރކް ކެފޭގަ ހޮޓާ، ރެސްޓޯރެންޓް ނުވަތަ ޕޭސްޓްރީ  ވިޔަފާރިކުރުމަށް ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލަމެވެ. މި އިމާރާތް ކުއްޔަށް ދިނުމަށް ކައުންސިލުން ނިންމަވާފައިވަނީ 10 އަހަރުގެ މުއްދަތަކަށެވެ.

 

މި މަސައްކަތާއި ގުޅޭ ބީލަން ފޯމް 2020 ޖަނަވަރީ 05 ވާ އާދީއްތަ ދުވަހުން ފެށިގެން 2020 ޖަނަވަރީ 12 ވާ އާދީއްތަ ދުވަހުގެ 13:00 ނިޔަލަށް މިއިދާރާއިން އަދި ހުޅުދޫ އަވަށު އޮފީހުން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޯމެއްގެ އަގަކީ 300ރ (ތިން ސަތޭކަ ރުފިޔާ) އެވެ. ބީލަން ހުޅުވުން އޮންނާނީ 2020 ޖަނަވަރީ 20 ވާ ހޯމަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ ހޯލުގައި އަދި ހުޅުދޫ އަވަށު އޮފީހުގައެވެ.

 

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަންޖެހޭ ކަމަށްވާނަމަ 2020 ޖަނަވަރީ 05 ވާ އާދިއްތަ ދުވަހުން ފެށިގެން 2020 ޖަނަވަރީ 18 ވާ ހޮނިހިރު ދުވަހުގެ 14:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2020 ޖަނަވަރީ 19 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގަންނަވާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

 

ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

 

އީމެއިލް: [email protected]

 

ކޮޕީ: [email protected]

02 ޖުމާދަލް އޫލާ 1441   

 

30 ޑިސެންބަރު 2019
ހޯދާ