މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް ކޯރޑިނޭޓަރ

އިޢުލާނު

ޕްރޮޖެކްޓް ކޯރޑިނޭޓަރ

މަޤާމް:

01

ބޭނުންވާ އަދަދު:

ކޮންޓްރެކްޓް

މަޤާމުގެ ގިންތި:

1 އަހަރު

މުއްދަތު

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / މާލެ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަހަކު  15000:00 ރުފިޔާ އާއ 25000.00 ރުފިޔާ އާއި ދެމެދު ( ވަޒީފާއަށް ހޮވޭ

ފަރާތުގެ މުސާރަ ކަނޑައެޅިގެންދާނީ އެފަރާތުން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ލިބިފައިވާ ތަޖުރިބާގެ ނިޞްބަތުންނެވެ).

މުސާރަ:

ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެންދުނު 8.00 ން 16.00 އަށް

 

މަސައްކަތު ގަޑި:

  1. ސިޓީކައުންސިލްގެ ޒިންމާގެ ދަށުގައި ހިމެނޭ މާލެ ،ވިލިމާލެ އަދި ހުޅުމާލެ އިތުރަށް ތަރައްގީކޮށް، އެތަންތަނުގައި ދިރިއުޅޭ ރަށްވެހިންނަށް ރަގަޅު ވެއްޓެއް ޤާއިމްކޮށްދިނުމަށްޓަކައި ހިންގިދާނެ ޕްރޮޖެކްޓްތައް ދަނެގަނެ، އެކަމުގެ ލަފައާއި އިރުޝާދު ކައުންސިލްގެ އިދާރާއަށް ދެމުން ގެންދިއުން.
  2. މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިންގުމަށް ރާވާ ޕްރޮޖެކްޓްތަކުގެ ޕްރޮޕޯސަލް ތައްޔާރުކޮށް، އެކަމަށް ބޭނުންވާ ފަންޑް ހޯދުމަށް ރާއްޖޭގެ ކަމާބެހޭ އިދާރާތަކުންނާއި، ރާއްޖޭއިން ބޭރުގެ ފަރާތްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. މާލޭ ސިޓީ ކައުންސިލުން ހިންގުމަށް ރާވާ ޕްރްޖެކްޓްތައް ޑިޒައިން ކުރުމާއި އަދި ކައުންސިލަށާއި އަދި ކަމާބެހޭ އިދާރާތަކަށް ހުށަހަޅަންޖެހޭ ޕްރޮޖެކްޓް ޗާޓަރ އެކުލަވާލުމުގެ މަސައްކަތްކުރުން.
  4. ސިޓީ ކައުނސިލުން ރާވާ ހިންގާ ޕްރޮޖެކްޓްތަކުގެ މަސައކަތްތައް ކުރިއަށް ގެންދާނެގޮތުގެ  ވާރކް ބްރޭކް ޑައުން ތައްޔާރުކޮށް، މިގޮތުން ތައްޔާރުކުރާ  ވާރކް ބްރޭކް ޑައުންއާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމާއެކު، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުން.
  5. ސިޓީކައުންސިލުން ރާވާ ހިންގާ ޕްރޮޖެކްޓް ސައިޓްތަކަށް ޤަވާއިދުން ޒިޔާރަތްކުރުމާއެކު، އެތަންތަނުން ކުރަމުންގެންދާ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަދި ދިމާވާ މައްސަލަތަކަށް ހައްލުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ކައުންސިލްގެ ލަފާގެ މަތިން އަޅަމުން ގެންދިއުން.
  6. ސިޓީ ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކުގައި ފަންނީގޮތުން ދިމާވާ ގޮންޖެހުންތައް ދަނެގަނެ، އެފަދަ ގޮންޖެހުންތަކަށް ހޯދަންޖެހޭ ހައްލުތައް ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  7. ސިޓީ ކައުންސިލްގެ ބެލެނިވެރިކަމުގެ ދަށުން ރާވާ ހިންގާ ޕްރޮޖެކްޓްތަކާއި އަދި ނިންމާ ޕްރޮޖެކްޓްތައް ދެމެހެއްޓެނިވިގޮތެއްގައި  ބެލެހެއްޓުމަށްޓަކައި މޮނިޓަރިން މެކޭނިޒަމްއެއް އެކުލަވާލުން.
  8. ސިޓީ ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކާއި އަދި ނިންމާ ޕްރޮޖެކްޓްތައް ދެމެހެއްޓެނިވި ގޮތަކަށް މޮނިޓަރ ކޮށް ބެލެހެއްޓުމަށްޓަކައި ބޭނުންވާ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީންތައް ދެނެގަނެ  އެޗް.އާރު ސެކްޝަނާއި ގުޅިގެން އެފަދަ މުވައްޒަފުން ތަމްރީންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
  9. ސިޓީ ކައުންސިލުން ހިންގާ ޕްރޮޖްކްޓްތަކާއި ގުޅިގެން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމާއި، އެފަދަ ބައްދަލުވުންތަކުގެ ނިންމާ ނިންމުންތައް ކައުންސިލް މެމްބަރުންނަށް ހިއްސާކުރަމުން ގެންދިއުން.
  10. ޕްރޮޖްކްޓްތައް ހިނގަމުންދާއިރު ސްޓޭކް ހޯލްޑާސްމެދުގައި ދިމާވާ މައްސަލަތައް ދެނެގަނެ އެފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި އިތުރަށް ދިރާސާކުރުމުގެ މަސައްކަތްކުރުމާއި އަދި އެކަންކަމުގައި ކަމާބެހޭ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ހައްލުކުރުމަށްޓަކައި އެފަރާތްތަކުގެ މެދުގައި ބާއްވަންޖެހޭ ބައްދަލުވުންތަށް ބާއްވައި މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރުން.
  11. ޕްރޮޖްކްޓްތައް ހިނގަމުންދާއިރު ޝާމިލްވާ މުވައްޒަފުންނަށް ދުވަހުން ދުވަހަށް ހަވާލުކުރަންޖެހޭ ޒިންމާތައް ހަވާލުކޮށް މުވައްޒަފުން މަސައްކަތް ކުރަމުންގެންދަނީ ރަގަޅަށްތޯ ބަލައި، މަސައްކަތް ހަލުވިކުރުމަށްޓަކައި ދޭންޖެހޭ ލަފައާއި އިރުޝާދު ދިނުމާއިއެކު މުވައްޒަފުންގެ މެދުގައި މަސައްކަތުރޫހް އާލާކުރުން.
  12. ޕްރޮޖެކްޓް ތަކުގެ މަސައްކަތްކުރިއަށްދާއިރު، އަންނަ ވޭރިއޭސަންތައް ދަނެގަނެ އިތުރަށް ދިރާސާކުރުމާއެކު، އެކަމަށް ބޭނުންވާ އިތުރު ފަންޑް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  13. ސިޓީ ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކުގައި ޤާނޫނީ ގޮތުން ދިމާވާ ގޮންޖެހުންތައް ދަނެގަނެ، އެކަންކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް ލީގަލް ސެކްޝަނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދިއުން.
  14. ސިޓީ ކައުންސިލް އިދާރާއިން ހިންގާ ޕްރޮޖްކްޓްތަކުގައި ދިމާވެދާނެ ރިސްކުތައް ދުރާލާ ދެނެގަނެ، ރިސްކު މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލުމާއިއެކު، މިފަދަ ރިސްކުތައް ކުޑަކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ކައުސިލަށްދޭންޖެހޭ ލަފައާއި އިރުސާދު ދެމުން ގެންދިއުން.
  15. ސިޓީ ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކާއި ގުޅިގެން ދުވަހުން ދުވަހަށް ތައްޔާރުކުރަންޖެހޭ ރިޕޯރޓްތަކާއި، މަހުން މަހަށް ތައްޔާރުކުރަންޖެހޭ ރިޕޯރޓްތަކާއި އަދި އެނުއަލް ރިޕޯރޓް  ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
  16. ސިޓީ ކައުންސިލްގެ ޕާކްތައް ބެލެހެއްޓުން
  17. ސިޓީ ކައުންސިލްގެ ޕާކިން ޒޯންތައް ބެލެހެއްޓުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން،ބިޒްނަސް މެނޭޖްމެންޓް، ޕްރޮޖެކްޓް މެނޭޖްމެންޓް، ނުވަތަ މިނޫންވެސް މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅުން ހުރި ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމާއި ތަޖުރިބާ/ފެންވަރު ނުވަތަ ޝަރުތު:  

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް         
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  • ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ  ކުރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު :   %25
  • ލިބިފައިވާ ވަޒީފާއާއި ގުޅުންހުރި ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން:
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ:  %25
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން: %40
  •  

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ  09 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މާލޭ ސިޓީ ކައުންސިލް އިދާރާގެ މައްޗަންގޮޅި އޮފީހަށެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުތު ފުރިހަމަވާ ފަރާތްތަކާއި އެވެ. އިންޓަރވިއު އާއި ޕްރެޒެންޓޭޝަން  އޮންނާނީ  10-20 ޖަނަވަރީ 2020 އާ ދެމެދު މާލޭ ސިޓީ ކައުންސިލް އިދާރާ (މަށްޗަންގޮޅީ ބައި) ގައެވެ. މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުން ޕްރެޒެންޓޭޝަން ތައްޔާރުކުރައްވާނީ ތިރީގައި މިދަންނަވާ ބައިތައް އެކުލެވޭ ގޮތަށް ދިވެހި ބަހުންނެވެ. މަޤާމަށް ޝަރުތުހަމަވާ ފަރާތްތަކަށް އިންޓަރވިއުއަށް އޮންނަ ތާރީޚާއި ގަޑި މި އިދާރާއިން އަންގާނެއެވެ.

  • ޕާރސަނަލް ޕްރޮފައިލް
  • މިހާތަނަށް ހިންގާފައިވާ ޕްރޮޖެޓްކްތައް/މަސައްކަތްތައް
  • ދާއިރާ ބިނާކުރާނެ ގޮތުގެ ތަޞައްވުރު
  • މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ތަރައްޤީކުރާނެގޮތުގެ ތަޞައްވުރު

 

ޕްރެޒެންޓޭޝަން އާއި އިންޓަރވިއުކުރުން

 

މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ޝޯޓް ލިސްޓްކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (7989840، 3306727) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

                               29 ޖުމާދަލް އޫލާ 1441

                               29 ޑިސެމްބަރ  2019

29 ޑިސެންބަރު 2019
ހޯދާ