އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތާއި ހިނަވާގޭގެ މަރާމާތުކޮށްދޭނެ ފަރާތެއްހޯދުން:

މިރަށު ހުދާމިސްކިތާއި ހިނަވާގޭގެ ބައެއް މަރާމާތުތައްކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުން ތިންވަނަ ފަހަރަށްކުރި ނަންބަރު: 340/340/2019/64 (IUL) (10 އޮކްޓޫބަރު 2019) އިޢުލާނާގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުކަމަށްފެންނާތީ އެ ޢިޢުލާނާގުޅިގެން ހުށަހަޅާފައިވާ ހުށަހެޅުން ބާޠިލްކޮށް އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ.

                          މި ބީލަމުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ  ޢަމަލީ މަސައްކަތްކުރާ   ފަރާތްތަކުގެ   ޤަވާޢިދު     ނަންބަރު:  1019/R-2019" ގައިވާގޮތުގެމަތީން، ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

                          ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2019 ޑިސެންބަރު 29 އިން 2020 ޖަނަވަރީ 07 އަށް ރަޖިސްޓްރީވުމަށް އެދި [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6660714 ނަންބަރު ފޯނާ ގުޅުއްވައިގެން ނުވަތަ މި ކައުންސިލަށް ރަސްމީގަޑީގައި ޙާޟިރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓްނުކުރާ ފަރާތްކަށް ބިޑްހުށަނޭޅޭނެއެވެ. ނަންނޯޓްކުރާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީދޫކުރެވޭނީ 44ރ (ސާޅީސް ހަތަރު ރުފިޔާ) ދެއްކުމުންނެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

            މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މަތީގައިވާ މެއިލަށް 2019 ޑިސެންބަރު 29 އިން 2020 ޖަނަވަރީ 07 ވަނަ ދުވަހުގެ 14:00ގެ ކުރިން ފޮނުވުމުން ދުވަހުންދުވަހަށް ޖަވާބު ފޮނުވޭނެއެވެ.

                          މި މަސައްކަތަށް ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 1,000.00ރ (ބޭންކް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓްގެ ގެރެންޓީ ލެޓަރ) ހުށަހަޅުއްވަންވާނެ އެވެ. ބިޑްސެކިއުތިރީގެ މުއްދަތަކީ 90 (ނުވަދިހަ) ދުވަހެއްވެ.

                          މި މަސައްކަތުގެ ޕްރީބިޑް މީޓިން އޮންނާނީ 2020 ޖަނަވަރީ 08 ވަނަ ދުވަހުގެ 10:20 ގައި މި އިދާރާގައެވެ. އަދި  ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2020 ޖަނަވަރީ 17 ވަނަ ދުވަހުގެ 10:20 ގައި މި އިދާރާގައެވެ.

29 ޑިސެންބަރު 2019
ހޯދާ