މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ބ.ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި އިމެޖެންސީ މެޑިކަލް ސަރވިސް ސެންޓަރެއް ޢިމާރާތްކުރުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

 

1. އިންޑިޔާ ސަރުކާރުން ދިވެހި ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ތިރީގައި މިވާ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

2. މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން ބ.ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި އިމެޖެންސީ މެޑިކަލް ސަރވިސް ސެންޓަރެއް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

3. 30 މާރިޗު 2019 އިން ފެށިގެން މި މިނިސްޓްރީއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ GC01-01 ،GC01-03 GC01-02، GC01-04 އަދި GC01-05އަށް ޝަރުޠުހަމަވާ ކުންފުނިތަކަށެވެ.

 

4. ބީލަމުގައި ބައިވެރިވުމަށް -/500ރުފިޔާ (ފަސްސަތޭކަ) ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 29  ޑިސެންބަރު 2019 އިން 26 ޖަނަވަރީ 2020 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00އަށް މިމިނިސްޓްރީ އިންނެވެ.

 

5. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv  އިން 29 ޑިސެންބަރު 2019 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

 

6. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 9 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

 

7. މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި  -/40,000.00 ދިވެހި ރުފިޔާ (ސާޅީސް ހާސް ރުފިޔާ) ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

 

8. ބީލަން ހުޅުވުން އޮންނާނީ 27 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން   : (+960)3349296

އީމެއިލް  : [email protected]

ކޮޕީ   : [email protected]

28 ޑިސެންބަރު 2019
ހޯދާ