މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ - Canon Printer Consumables Supply for One Year

 

އިޢުލާން

  
 

މި އޮތޯރިޓީގައި ބޭނުންކުރާ Canon ބްރޭންޑްގެ ޕްރިންޓަރުތަކަށް ބޭނުންވާ ޓޯނަރ/ކާޓްރީޖްގެ 1 (އެކެއް) އަހަރު ދުވަހުގެ ސްޓޮކް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ މި އިޢުލާނާއެކު ދީފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ތަފްސީލާ އެއްގޮތަށް މި އޮތޯރިޓީން ކުރާ އޯޑަރުތަކަށް މި ތަކެތި ސަޕްލައިކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

 

ތާރީޚް

ދުވަސް

ވަގުތު

އަންދާސީހިސާބު ހުށަހެޅުން

05 ޖަނަވަރީ 2020

އާދީއްތަ

11:00

 

 

 

އަންދާސީހިސާބު ތައްޔާރު ކުރައްވަން ވާނީ މި އިޢުލާނާއެކު އެޓޭޗް ކޮށްފައިވާ މަޢުލޫމާތު ކަރުދާހަށް ސަމާލުކަން ދެއްވައިގެންނެވެ. މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

 ޓެލެފޯން ނަންބަރު : 3339513 ، 3020478 އަށް ގުޅުއްވުން އެދެމެވެ. 

 

29 ރަބީޢުލްއާޚިރު 1441

26 ޑިސެންބަރު 2019
ހޯދާ