މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އަ.އި.ޓީ އޮފިސަރ

އިއުލާން

ވަޒީފާގެ ފުރުސަތު:

ސީނިއަރ އަ.އި.ޓީ އޮފިސަރ

މަޤާމް

ސީނިއަރ އޮފިސަރ

ކްލެސިފިކޭޝަން

މަހަކު 8500 އާއި 6000 ރުފިޔާއާއި ދެމެދު (ހާސިލްކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މުސާރަ

-        ލިވިންގް އެލަވަންސް: މަހަކު 3000 ރުފިޔާ

-        އެޓެންޑަންސް އެލަވަންސް: މަހަކު 3000 ރުފިޔާ

އެހެނިހެން އިނާޔަތްތައް

1 (އެކެއް)

ބޭނުންވާ އަދަދު

ކޯޕަރޭޓް ސަރވިސަސް

 

ބޭނުންވާ ސެކްޝަން

މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ނުވަތަ އެފެންވަރުގެ ސަނަދެއް ޙާސިލްކޮށްފައިވުން، އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ދަށްވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ޝަރުތުތައް

  • ކޯޕަރޭޝަނުން ބޭނުންވާ އަ.އި.ޓީ އާއި ގުޅޭ ސާމާނުގެ ސްޕެސިފިކޭޝަން ތައްޔާރުކުރުން
  • ޑިޕާރޓްމަންޓް ތަކުން އެދިއްޖެ ކޮންމެ ހިނދެއްގައި އެތަންތަނަށް ބޭނުންވާ އަ.އި.ޓީ އާއި ގުޅޭ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ކޯޕަރޭޝަންގައި ކުރެވޭ އީމެއިލްގެ މުޢާމަލާތްތައް އީމެއިލް ސަރވަރ މެދުވެރިކޮށް ކުރެވޭ ފެންވަރަށް އިންސްޓޯލްކޮށް ބެލެހެއްޓުން.
  • ކޯޕަރޭޝަންގެ ނެޓްވޯކާއިގުޅޭ އެންމެހާ މަސައްކަތްތައް ކުރުމާއި ނެޓްވޯރކަށް ދިމާވާ މައްސަލަތައް ދުވަހުން ދުވަހަށް ޙައްލުކޮށް ނެޓްވޯރކްގެ ޚިދުމަތް މެދުނުކެނޑި ލިބެން ހުންނާނެގޮތަކަށް އެންތިޒާމް ހަމަޖެއްސުން.
  • ކޯޕަރޭޝަންގައި ބޭނުންކުރާ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ބަލައި މައްސަލަ ހައްލުކުރުން.
  • ކޯޕަރޭޝަންގައި ކޮމްޕިއުޓަރ ނެޓްވޯރކް ޤާއިމް ކުރުމާއި އިންފޮމޭޝަން ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ބޭނުންވާ ސާރވަރ ބެލެހެއްޓުން.
  • ކޯޕަރޭޝަންގެ ނެޓްވޯރކް ބެކްބޯންގައި ބޭނުންކުރާ ހުރިހާ ނެޓްވޯރކް އިކުއިޕްމަންޓްސް އަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
  • ވިންޑޯސް ސަރވަރ އިންސްޓޯލްކޮށް އެ މެނޭޖްކޮށް ބެލެހެއްޓުން.
  • ކޯޕަރޭޝަންގައި ބޭނުންކުރާ އައިޓީ ހާޑްވެއަރއަށް ދިމާވާ މައްސަލަތައް ބަލައި މައްސަލަ ހައްލުކުރުން.
  • އައު ސިސްޓަމްތަކަށް ސޮފްޓްވެއަރ އެޅުމާއި ނެޓްވާރކްއާ ގުޅާލުން.
  • ކޯޕަރޭޝަންގައި ޤާއިމްކޮށްފައިވާ އިންޓަރނެޓް ކަނެކްޝަންގައި ދިމާވާ ތަފާތު މައްސަލަތައް ޙައްލު ކުރުމާއި އިންޓަރނެޓް ކަނެކްޝަން ސްޕީޑް އަށް ދިމާވާ މައްސަލަތައް މޮނީޓަރކޮށް ޙައްލުވަންދެން އެ މަސައްކަތް ކުރުން.
  • ކޯޕަރޭޝަންގެ ތެރޭގައި ބޭނުންކުރެވޭ އައި.ޓީ އާއި ގުޅުންހުރި އެހެނިހެން ހާޑްވެއަރ އިންސްޓޯލްކުރުން.
  • ކޯޕަރޭޝަންގެ ވެބްސައިޓް، އެންޓިވައިރަސް އަދި އިންޓަރނެޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ކޯޕަރޭޝަންއިން ބޭނުންކުރާ އިންފޮރމޭޝަން ޓެކްނޮލޮޖީއަކީ ޒަމާނަށްފެތޭ، ކޯޕަރޭޝަންގެ މަސައްކަތްތައް ތަރައްޤީކޮށް ކުރިއަށް ދިޔުމުގައި އެންމެ އެކަށީގެންވާ ޓެކްނޮލޮޖީކަން ކަށަވަރުކޮށް، އިޞްލާޙުކުރަންޖެހޭ ކަންތައްތައް ކަމާބެހޭ މުވައްޒަފުން މެދުވެރިކޮށް ޤަވާޢިދުން އިޞްލާޙުކުރުން.
  • ކޯޕަރޭޝަންގެ އެކިއެކި ކަންކަމަށް ބޭނުންވާނެ ސޮފްޓްވެއަރ އެޕްލިކޭޝަންތައް ދެނެގަނެ އެޕްލިކޭޝަން ހޯދުން.
  • ކޯޕަރޭޝަނުންގެ ފަރާތުން ކުރިއަށް ގެންދާ އިވެންޓުތައް ހިނގާ ވަގުތުގައި ފޯރުކޮށްދޭންޖެހޭ އެންމެހާ އަ.އި.ޓީ ސަޕޯޓް ފޯރުކޮށްދިނުން.
  • އީ.ގަވަރމަންޓް އަށް ދިމާވާ މައްސަލަތަކާއި ގުޅޭގޮތުން ކަމާބެހޭ ޑިޕާރޓްމަންޓް އަށް މަޢުލޫމާތުދީ އެކަމެއް، އެއާއި ގުޅޭ މުވައްޒަފުންނަށް ޚައްލުކޮށްދިނުން.
  • ހަވާލުކުރެވޭ މަސައްކަތާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.
  • ކޯޕަރޭޝަންގެ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • މީގެ އިތުރުން ޚާއްސަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތަކާއި މެނޭޖިންގ ޑިރެކްޓަރ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާއި ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު އިނާޔަތްތައް ލިބޭނެއެވެ.

އިތުރު އިނާޔަތްތައް

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުތު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާންކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފްތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަވިއުކުރުމާއި، އިމްތިޙާން ކުރުން

  • ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.
  • މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ފަންނީ ޤާބިލްކަން ހުރި މިންވަރު

މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް

  1. ވަޒީފާއަށް އެދޭ ފޯމު (މި އިޢުލާންއާއިއެކުވާ ލިންކުން ޑައުންލޯޑްކުރެވޭނެ)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން).
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
  5. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ ލިޔުންތައް

07 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގް ޑިރެކްޓަރއަށް އެޑްރެސްކޮށް ގަލޮޅު ދަޑުގެ އެކޮމޮޑޭޝަން ބްލޮކްއަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.  

ސުންގަޑި

މަޢުލޫމާތު ހޯދުމަށް (ހެނދުނު 8:00އިން ހަވީރު (15:00 އަށް ގުޅާނީ 3336725 ނަންބަރު ފޯނަށް.

އިތުރު މަޢުލޫމާތު

29 ރަބީޢުލް އާޚިރު 1441

26 ޑިސެންބަރު 2019

 

 

26 ޑިސެންބަރު 2019
ހޯދާ