މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު.

މަޤާމް :ޗީފް މެނޭޖަރ
ބޭނުންވާ އަދަދު :2

 

 މުސާރަ:

 މަހަކު -/8،500 ރުފިޔާ

 

 އެހެނިހެން އިނާޔަތްތައް:

 9,500ރ – 8,500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

 އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް   ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ   ލިބޭނެއެވެ.

 

 ޝަރުތު:

 - ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް   ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ   ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މެނޭޖިއަރަލް   ދާއިރާއިން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

 - ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް   ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ   ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މެނޭޖިއަރަލް   ދާއިރާއިން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

 - ޓްރާންސްޕޯޓް، ލޮޖިސްޓިކް ދާއިރާއިން ގިނަ މުވައްޒަފުންތަކާއި   އެކީ މަސައްކަތް ކުރުމުގެ 10 އަހަރުގެ ތަޖުރިބާ އަދި އިދާރީ   ހިންގުމުގެ ތަޖުރިބާ ހުރުމާއި އެކު ކޮމްޕިއުޓަރާއި އައިޓީ އަށް   އަހުލުވެރިވުން.

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 - އެމް.ޕީ.އެލްގެ މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓުމަށް   ހަމަޖެހިފައިވާ ޤަވާއިދުތަކާއި ކޮންޕެނީ ޕޮލިސީއާއި އެއްގޮތުގެ   މަތިން ސަދަން ޓްރާންސްޕޯޓް ލިންކް ފުވައްމުލައް / ފޭދޫގެ   އެންމެހައި މުދަލާއި ހިސާބުތައް އެކަށީގެންވާ ގޮތައް ހިންގުމަށް   ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.

 - ސަދަން ޓްރާންސްޕޯޓް ލިންކް ފުވައްމުލައް / ފޭދޫގެ   އެންމެހައި  މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް ހިންގުމަށް   ކުރަންޖެހޭ އެންމެހައި މަސަތްކަތްކުރުން. އަދި ޔުނިޓްގެ   އެކިބައިތަކުގެ މަސައްކަތް އިސްކޮށް ޙަވާލުކޮށްފައި ތިބޭ   މުވައްޒަފުންގެ މަސައްކަތްތައް ސުފަވައިޒްކޮށް އެމުވައްޒަފުންނަށް   ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

 މަސައްކަތްކުރަންޖެހޭ ތަން:

 ޓްރާންސްޕޯޓް ޑިޕާޓްމަންޓް – ( ފުވައްމުލައް ސިޓީ / އައްޑޫ   ސިޓި ) / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

 މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

 ސުންގަޑި:

 2020 ޖަނަވަރީ 7 ވާ އަންގާރަ ދުވަހުގެ 15:30ގެ ކުރިން.

 ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

 - މަޤާމަށް އެދިހުށަހަޅާ ފޯމް

 - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

 - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު   ހަމަނުވާ)

 - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި   އުޅުނުކަމުގެ ލިޔެކިޔުންތައް

 ހުށަހަޅަންޖެހޭ އޮފީސް:

  މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު   މަގު)

 ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ   ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ   ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން   ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް:   3325293 އީމެއިލް: [email protected]

 އިންޓަވިއު މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020   ޖަނަވަރީ 9 އާއި 30 އާ ދެމެދުގައެވެ.

 ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ   ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

25 ޑިސެންބަރު 2019
ހޯދާ