މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހަޅާ، ވަޒީފާ އަދާކުރުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރުމުގެ ޚިދުމަތް އޮންލައިން ކުރުމާބެހޭ.

އިޢުލާން

އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހަޅާ، ވަޒީފާ އަދާކުރުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރުމުގެ ޚިދުމަތް އޮންލައިން ކުރުމާބެހޭ.

ވަޒީފާ އަދާކުރުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރުމުގެ ޚިދުމަތް އޮންލައިން ކުރުމާ ގުޅިގެން، މިހުއްދައިގެ މުއްދަތު އިތުރުކުރުމުގައި ޢަމަލު ކުރަމުން އައި އުސޫލަށް ބަދަލުތަކެއް ގެނެވިފައިވާ ވާހަކަ ދަންނަވަމެވެ.

އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަޒީފާ އަދާކުރުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުމަށް، ސިސްޓަމުގައި ފުރިހަމަކުރަންޖެހޭ މައުލޫމާތުގެ އިތުރުން ތިރީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަށް ހުށަހަޅުއްވަން ޖެހޭނެ ވާހަކަ ދަންނަވަމެވެ.

  1. ޕާސްޕޯޓު ބަޔޯޑާޓާ ޕޭޖް.
  2. ޗެކްގެ ކޮޕީ (ތާރީޚް ހިމެނިފައިވާ)، ބޭންކް ޑިޕޮސިޓް ސްލިޕް، ބޭންކް ސްޓޭޓްމަންޓް، ބޭންކުން ދީފައިވާ އެކައުންޓުގެ ސައްޙަކަން އަންގައިދޭ ސިޓީ.
  3. ދެފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުން.
  4. އިތުރު ހާލަތްތަކުގައި ބޭނުންވާނެ އިތުރު ލިޔެކިޔުންތައް.

 

ހާލަތް

ހުށައަޅަންޖެހޭ ލިޔެކިޔުން

2.1

އިންޑިއާ އަދި ސްރީލަންކާގެ ރައްޔިތެއްގެ ޕާސްޕޯޓު އައު ކުރުމަށްފަހު އިތުރު ކުރާނަމަ.

އައު ޕާސްޕޯޓުގައި ކުރީގެ ޕާސްޕޯޓުގެ މައުލުމާތު ހިމެނޭ ސަފްޙާ (އަލްޓަރޭޝަން އަދި އޮބަޒަވޭޝަން ޕޭޖް)

2.2

މުސާރަ ނުވަތަ އުޖޫރައަށް ބަދަލުގެނައުން.

ބަދަލުތަކާ ގުޅިގެން އިސްލާހު ކުރެވިފައިވާ ދެފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުން.

2.3

ބޭންކުގެ ޚިދުމަތް ހޯދުމަށް ދަތިވާ ރަށެށްގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުންޏެއް ނުވަތަ އަމިއްލަ ފަރާތެއް ކަމުގައިވާނަމަ.

ބިދޭސީ މުވައްޒަފުގެ ތަފްސީލާއި، ވަޒީފާ އަދާކުރުމުގެ ހުއްދައިގެ ތަފްސީލު އަދި އެފަރާތުގެ ބޭންކް އެކައުންޓުގެ މައުލޫމާތު ހިމެނޭ ސިޓީ. (ކުންފުންޏެއްނަމަ ކުންފުނީގެ ތައްގަނޑު ޖަހާފައިވާ)

 

މިގެނެވުނު ބަދަލުތަކާ ގުޅިގެން ބޭންކް އެކައުންޓްގެ ސައްޙަކަން އަންގައިދިނުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރެއިން ލިޔުމެއް ހުށަހެޅުމަށް ބޭނުންވާ ކަންތައްތައް ފުރިހަމަ ކުރުމަށް ވަޒީފާ ދޭ ފަރާތްތަކަށް، 25 ޑިސެމްބަރ 2019އިން ފެށިގެން 3 މަސް ދުވަހުގެ މުއްދަތެއް ދެވިފައިވާކަން ދަންނަވަމެވެ. އަދި މި މުއްދަތުގެ ފަހުން ވަޒީފާ އަދާކުރުމުގެ ހުއްދައިގެ މުއްދަތު އިތުރު ކޮށްދެވޭނީ، މަތީގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުމެއް ހުށަހެޅުއްވުމުން ކަމުގައި ދަންނަވަމެވެ.

މިގޮތުން ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުމެއް ހުށަހަޅުއްވަންވާނީ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު: 2019/R-1067)ގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތީންނެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.

‏28‏ ރަބީޢުލްއާޚިރު‏ 1441

25 ޑިސެންބަރު 2019
ހޯދާ