ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ޑޭޓާ އެންޓްރީ (ވަގުތީ)

މި އިޢުލާންވަނީ 26 ޑިސެންބަރު 2019 1347 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

 

މަޤާމް:

ޑޭޓާ އެންޓްރީ (ވަގުތީ)

ބޭނުންވާ އަދަދު:

2 (ދޭއް)

މުއްދަތު :

4 މަސް (އޭޕްރީލްގެ ނިޔަލަށް)

ސެކްޝަން:

ސްޓެޓިސްޓިކަލް ސަރވޭ އެންޑް އެނަލިސިސް ސެކްޝަން  

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާއި މާލޭގައި އަދި އަތޮޅުތަކުގައި

މުސާރަ:

މުސާރައިގެ ގޮތުގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް  ދުވާލަކު -/500 ރުފިޔާ ކޮންމެ މަހެއް ނިމުމުން ލިބޭނެއެވެ.

އަދި  މީގެ އިތުރުން ސާރވޭގެ މުއްދަތުގައި (ޕްރީޓެސްޓް އަދި ޕައިލެޓް ސަރވޭ ނުހިމެނޭ) އެނިއުމަރޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާނަމަ  ދުވާލަކަށް -/500 ރުފިޔާ ލިބޭނެއެވެ. އަދި މިމުއްދަތުގައި ސަރވޭގެ ސުޕަވައިޒަރެއްގެ ގޮތުން ހަރަކާތްތެރިވާނަމަ  ދުވާލަކަށް -/550 ރުފިޔާ ލިބޭނެއެވެ. އަދި ޓްރެއިނަރެއްގެ ގޮތުގައި ޓްރެއިނިންގ ގައި ކިޔަވައިދޭނަމަ ކޮންމެ ދުވަހަކަށް -/570 ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ ސަރވޭ 2019 -2020 އަށް ކުރިއަށް ގެންދިއުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދިއުން. މިގޮތުން:

  1. ސަރވޭގައި ބޭނުންކުރާ ސުވާލުކަރުދާސްތައް ތައްޔާރުކުރުމުގެ މަސައްކަތް  އެކަމަށް ޙާއްސަކުރެވިފައިވާ ސޮފްޓްވެއަރ (މިސާލަކަށް ކޮރަލް ޑުރޯ) ބޭނުންކޮށްގެން  ސުވާލުކަރުދާސް ދިވެހި ބަހުންނާއި އިނގިރޭސިބަހުން ތައްޔާރުކުރުން.  
  2. ސަރވޭގައި ބޭނުންކުރުމަށް ތައްޔާރުކުރާ ސުވާލުކަރުދާސް ދިވެހިބަހަށް ތަރުޖަމާކުރުން.
  3. ސަރވޭގެ ޕްރީޓެސްޓްތަކަށް ބޭނުންވާ ކަންތައްތައް ކުރުން. އަދި ޕްރީޓެސްޓްގައި އަމަލީގޮތުން ބައިވެރިވުން.
  4. ސަރވޭގައި ބޭނުންކުރާ ކޮންވޭޝަން ޓޭބަލްތައް ހެދުމަށް އެހީތެރިވުން. އަދި ކޮންވޭޝަން ޓޭބަލްއަށް ބޭނުންވާ ބުރަދަންތައް ހޯދުމަށްޓަކައި ފިހާރަތަކަށް ގޮސް އެތަކެތީގެ ބަރުދަން ހޯދުން. އަދި އެކި ބާވަތްތަކުގެ ކާތަކެތީގެ ބަރުދަން ހޯދުމުގެ ގޮތުން ކުރަން ޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  5. ސަރވޭގައި ބޭނުންކުރުމަށް ބޭނުންކުރާ ފޮޓޯތައް ނެގުމުގެ މަސައްކަތްކުރުން.
  6. ސަރވޭގައި ބޭނުންކުރާ ކޯޑުތައް ތައްޔާރުކުރުމުގެ މަސައްކަތްކުރުން. މިގޮތުން އައިސިކް އަދި އިސްކޯ ކޯޑްތައް ދިވެހިރާއްޖޭގައި އާއްމުކޮށް ކުރާ މަސައްކަތްތައް ދެނެގަނެވޭނެ ފަދަ ގޮތައް ތައްޔާރުކުރުން.
  7. ސަރވޭގައި މަސައްކަތްކުރާ ކުދިން (އިނިއުމަރޭޓަރުން) ތަމްރީން ކުރުމަށްޓަކައި ބޭނުންވާ ޓްރެއިނިންގ މެޓީރިއަލްސް ތައްޔާރުން. އަދި އިނިއުމަރޭޓަރުން ތަމްރީން ކުރުމުގައި އެސިސްޓެންޓް ޓްރެއިނަރެއްގެ ގޮތުގައި  މިމަސައްކަތުގައި އަމަލީ ގޮތުން  ހަރަކާތްތެރިވުން.
  8. އެނިއުމަރޭޓަރުންގެ އަތްމަތީ ފޮތް ތައްޔާރުކުރުން.
  9. ސާރވޭގެ ފީލްޑް އޮޕަރޭޝަންގައި ބޭނުންކުރާނެ "ބްލޮކް މެޕްތައް" ތައްޔާރުކުރުން.
  10. ޕައިލެޓް ސާރވޭ ހިންގުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން. މިގޮތުން ސަރވޭއަށް ބޭނުންވާ ތަކެތި ހަމަކުރުން. ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން އަދި ފައިލެޓް ސަރވޭގައި އަމަލީގޮތުން ބައިވެރިވުން.
  11. ސާރވޭގެ ލޮޖިސްޓިކް ބެލެހެއްޓުން. މިގޮތުން، ސަރވޭ ހިންގުމުގެ ކުރިން މިސަރވޭ ހިންގާކަން އާއްމުންނަށް އެންގުމަށްޓަކައި ކުރަންޖެހޭ ޕަބްލިސިޓީގެ މަސައްކަތްކުރުން. އަދި ސަރވޭއަށް ބޭނުންވާ އިނިއުމަރޭޓަރުން ހޯދުމަށްޓަކައި ކުރަން ޖެހޭ ކަންކަންކުރުން.  މިގޮތުން، ގޭބިސީތަކަށް ބެހުމަށްޓަކައި ފްލައަރ ހެދުން ފަދަ ކަންކަން ކުރުން. އަދި މިސަރވޭ ރިސޯޓްތަކުގައާއި ލޭބަރ ކުއަރޓަރތަކުގައި މިސަރވޭ ހިންގުމަށްޓަކައި ބޭނުންވާ ޓްރާންސްލޭޓަރުން ހޯދުމުގެ މަސައްކަތް ކުރުން.  އަދި ސަރވޭ ހިންގުމަށްޓަކައި ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  12. ސާރވޭގެ ކޮލިޓީ ހިފެހެއްޓުމުގެ ގޮތުން ސުޕަވައިޒަރީ ރޯލެއް އަދާކުރުން.
  13. ސާމްޕަލް ސަރވޭ ތައްޔާރުކުރުމުގައި ޓެކްނިކަލް އެސިސްޓެންސް އެކިފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ބެލެހެއްޓުން.
  14. ސާރވޭތަކުގެ އެއްކުރެވޭ މަޢުލޫމާތުތައް ކޯޑްކުރުން.
  15. ސިނާއީ ރަށްތަކުގައާއި ރިސޯޓްތަކުގައި މިސާރވޭ ހިންގުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަންތައްތަކެއް ކުރުން.
  16. ސާރވޭގެ ޑޭޓާތައް ނަގާ ނިމޭވަރަކަށް އައިސިކް، އިސްކޯ އަދި އިސްކޭޑް ކޯޑްކުރުން.
  17. ސާރވޭގެ އެޑްމިނިސްޓްރޭޓިވް ރިޕޯޓް ތައްޔާރުކުރުން، މިގޮތުން ސާރވޭ ގެ ތައްޔާރީއާއި ހިސާބުން ފެށިގެން ސާރވޭގެ ފީލްޑް މަސައްކަތާއި ހަމަޔަށް ހިމޭނޭ ގޮތަށް ރިޕޯޓް ތައްޔާރުކުރުން.
  18. ސާރވޭއާއި ގުޅުންހުރި އެކިއެކި އެހެނިހެން މަސައްކަތްކުރުން.

 

މަޤާމުގެ ޝަރުޠުތައް:

  • ތަފާސްހިސާބު (ސްޓެޓިސްޓިކްސް) ނުވަތަ ހިސާބު (މެތަމެޓިކްސް) ނުވަތަ  އިކޮނޮމިކްސް ނުވަތަ ސޯޝަލް ސައިންސް ނުވަތަ ކޮމްޕިއުޓިންގގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން

ދިވެހި ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.   

 

ނުވަތަ 

  • ޖީ.ސީ.އީ އޭލެވެލްއިން ތަފާސްހިސާބު (ސްޓެޓިސްޓިކްސް) ނުވަތަ ހިސާބު (މެތަމެޓިކްސް) ނުވަތަ  އިކޮނޮމިކްސް ނުވަތަ ސޯޝަލް ސައިންސް ނުވަތަ ކޮމްޕިއުޓިންގގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، 'އިނގިރޭސި' މި މާއްދާއިން  ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި  ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. އަދި އެހެނިހެން ސަރވޭ ނުވަތަ ބޯހިމެނުންތަކުގައި ހަރަކާތްތެރިވެފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަދުވެގެން 2 އަހަރުދުވަހުގެ ތަޖްރިބާ ތަފާސްހިސާބު (ސްޓެޓިސްޓިކްސް) ނުވަތަ ގުޅުންހުރި ދާއިރާއަކުން ލިބިފައިވުން.
  • ސަރވޭތައް ހިންގުމުގައި އަމަލީގޮތުން އުޅެފައިވުމާއި ސަރވޭކުރުމުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު
  • މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު. އަދި މުވައްޒަފުން ނުވަތަ އެނިއުމަރޭޓަރުން ގެންގުޅުމުގެ ހުނަރު.
  • ގިނަވަގުތު މަސައްކަތުގައި އުޅޭވޭނެ މީހެއްކަމުގައިވުން.
  • ދިވެހި ބަހުން އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުއާމަލާތްކުރުމާއެކު ރިޕޯޓްތައް ލިއުމުގެ  ހުނަރު.
  • ކޮމްޕިއުޓާރަށް އަހުލުވެރިވެފައިވާ މިންވަރު. މިގޮތުން އެކްސެލް ، ކޮރަލްޑުރޯ  އަދި އެހެނިހެން އެޕްލިކޭޝަންތަކަށް އަހުލުވެރިވެފައިވާ މިންވަރު. އަދި ސްޓެޓިސްޓިކަލް ސޮޕްޓްވެއަރ ތަކަށް އަހުލުވެރިވެފައިވާ މިންވަރު.
  • ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ގާބިލްކަން ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް.)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ސަރވޭތަކުގައި ހަރަކާތްތެރިވެފައިވާނަމަ އެސަރވޭއެއްގައި ހަރަކާތްތެރިވެފައިވާ ލިޔުން.
  6. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • ވަޒީފާއަށް އެދޭ ފޯމު މި ބިއުރޯގެ ( ވަގުފު ބިލްޑިންގެ ގެ 9 ވަނަ ފަންގިފިލާ) ކައުންޓަރުން ލިބެން ހުންނާނެއެވެ. މީގެއިތުރުން މިއިދާރާގެ http://www.statisticsmaldives.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންވެސް ޑައުންލޯޑުވެސް ކުރެވޭނެއެވެ.
  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ޖެނުއަރީ 2020  ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ކައުންޓަރުންނެވެ.
  • އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

  • މިމަގާމަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުތުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއުކުރުމާއި އިމްތިހާންކުރުން މިބިއުރޯގައި  އޮންނާނީ އިއުލާނަށް މުއްދަތު ހަމަވާތާ ދެ ހަފްތާއެއްގެތެރޭގައެވެ.
  • މިތާރީޚުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3008407 ނަންބަރު ފޯނާއެވެ. އީ-މެއިލް އެޑްރެސްއަކީ hr@stats.gov.mv އަށެވެ.

28 ރަބީއުލްއާޙިރު 1441 ހ

25 ޑިސެމްބަރ 2019 މ

25 ޑިސެންބަރު 2019
ހޯދާ