ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ފީއަލީ ކައުންސިލް އިދާރާގައި އައު ނެޓްވޯކް އަޅައިދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރ: (IUL)370-ESMS SC/370/2019/46 އިއުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލުމާއި ގުޅޭ

 a

                        &

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީކައުންސިލްގެ އިދާރާ

ފ. ފީއަލީ،

              ދިވެހިރާއްޖެ.   

                                              ނަންބަރ: (IUL)370-ESMS SC/370/2019/55 

 

އިއުލާން

 

ފ.ފީއަލީ ކައުންސިލް އިދާރާގައި އައު ނެޓްވޯކް އަޅައިދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރ: (IUL)370-ESMS SC/370/2019/46އިއުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލުމާއި ގުޅޭ

 

 

                ފ.ފީއަލީ ކައުންސިލް އިދާރާގައި އައު ނެޓްވޯކް އަޅައިދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރ: (IUL)370-ESMS SC/370/2019/46 އިއުލާން އާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގު ބޮޑުކަމަށް ކައުންސިލަށް ފެންނާތީވެ، ނަންބަރ: (IUL)370-ESMS SC/370/2019/46 ޢިއުލާން ބާތިލްކޮށް، ފ.ފީއަލީ ކައުންސިލް އިދާރާގައި އައު ނެޓްވޯކް އަޅައިދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

        ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑީގައި ފީއަލީ ކައުންސިލްގެ އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ އެއްގަޑިއިރުގެ ކުރިން ބިޑްފޮތް ވިއްކުމަށް ހަމަޖެހިފައި ވެއެވެ. ބިޑުފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބިޑް ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 05 ޖަނަވަރީ 2020 ވަނަ ދުވަހުގެ ހެނދުނު 09:00 އިން 12:00އަށެވެ. ބިޑް ފޮތުގެ އަގަކީ -/1000 ރުފިޔާއެވެ. އެގޮތުން ކޮންޓްރެކްޓް އެވޯޑްކޮށް އެއްބަސްވުމުގައި ސޮއިކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ގާނޫނު ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

05 ޖަނަވަރީ 2020 ވާ އާދިއްތަ ދުވަހުގެ 13:00

09 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00

  

       ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރާގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " ފ.ފީއަލީ ކައުންސިލް އިދާރާގެ ނެޓްވޯކް އަޅައިދިނުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ނުލައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

     އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު  / 9992798 / 79708046740012 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މި އިދާރާގެ އީމެއިލް: [email protected] ށް އީމެއިލްކުރެއްވުމަށް ދަންނަވަމެވެ.

1441 D 27

24 ޑިސެމްބަރ 2019

                                   

                                                                           މޫސާ އަޙްމަދު

                                                                     ފީއަލީ ކައުންސިލްގެ ނައިބުރައީސް

24 ޑިސެންބަރު 2019
ހޯދާ