މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މިލަދޫ ކައުންސިލްގެ އިދާރާ ހިންގާނެ އިމާރާތެއް ކުއްޔަށް ހިފުމާބެހޭ

އިޢުލާން

      ނ.މިލަދޫ ކައުންސިލްގެ އިދާރާ ހިންގާނެ އިމާރާތެއް 03 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް އެދި މިއިދާރާގެ ނަންބަރު (IUL)292-EC/292/2019/44 (06 ނޮވެންބަރު 2019) އިޢުލާނާގުޅިގެން ހުށައަޅާފައިވާ އަންދާސީހިސާބުތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 ޑިސެންބަރު 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާ އަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ހަމަޖެހިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމުގައި ބައިވެރިނުވެވޭނެއެވެ. އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށައަޅުއްވާ އަންދާސީ ހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ.

ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

24 ޑިސެންބަރު 2019

24 ޑިސެންބަރު 2019
ހޯދާ