މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުން ތިރީގައި ބަޔާންކުރެވިފައިވާ މަޤާމުތަކަށް ޝައުގެވެރިވާފަރާތްތައް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މި މިނިސްޓްރީއިން ހުޅުވާލަމެވެ.

މަޤާމް:                 ރީފް ފިޝަރީޒް ޕްރޮގްރާމް އޮފިސަރ

ގިންތި:                 ކޮންޓްރެކްޓް (1 އަހަރު)

ބޭނުންވާ ޢަދަދު:            1

މުސާރާ:                 8,295 ރުފިޔާ  

 

މަސައްކަތް ކުރަންޖެހޭ ތަން:      މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް އަދި ޕްރޮޖެކްޓްގެ މަސައްކަތް ހިންގޭ ރަށްތަކުގައި

 

މަޤާމުގެ ޝަރުތު:

  • މެރިން ސައިންސް، މެރިން ބައިލޮޖީ، ފިޝަރީޒް ސައިންސް، އެންވަޔަރަމެންޓަލް ސައިންސް އަދި މި އާއި ގުޅުންހުރި ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދު ލެވެލް 8 ގެ ސެޓްފިކެޓެއް ޙާސިލްކޮށްފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލާއި އިތުރު އެލަވްންސް ތަކުގެ ތަފްޞީލް (ޓަރމްސް އޮފް ރެފެރެންސް) ގެޒެޓް ވެބްސައިޓުންނާއި، މި މިނިސްޓްރީގެ މީސްމީޑިއާއިން އަދި ތިރީގައިމިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

 

https://www.fishagri.gov.mv/storage/documents/0hIwujKX7fCbDMBSGMhOiSzV0GIb1zvmWLGXteAq.pdf

 

މަޤާމް:                ކޮމްޕްލަޔަންސް އޮފިސަރ

ގިންތި:                ކޮންޓްރެކްޓް (2 އަހަރު)

ބޭނުންވާ ޢަދަދު:           1

މުސާރާ:               5,965 ރުފިޔާ  

މަސައްކަތް ކުރަންޖެހޭ ތަން:    މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި ޕްރޮޖެކްޓްގެ މަސައްކަތް ހިންގޭ ރަށްތަކުގައި

 

މަޤާމުގެ ޝަރުތު:

  • ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުން މަދުވެގެން 2 މާއްދާއިން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު ދިވެހި މިމާއްދާއިން ފާސްވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލާއި އިތުރު އެލަވްންސް ތަކުގެ ތަފްޞީލް (ޓަރމްސް އޮފް ރެފެރެންސް) ގެޒެޓް ވެބްސައިޓުންނާއި، މި މިނިސްޓްރީގެ މީސްމީޑިއާއިން އަދި ތިރީގައިމިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

 

https://www.fishagri.gov.mv/storage/documents/fDZAIlfPvXa2EmsVsmh3khh8pEDpO2gG6EaDWHJy.pdf

 

 

މަޤާމް:                 ޕްރޮގްރާމް އެސިސްޓެންޓު (ފިޝަރީޒް މެނޭޖްމެންޓު)

ގިންތި:                  ކޮންޓްރެކްޓް (1 އަހަރު)

ބޭނުންވާ ޢަދަދު:             1

މުސާރާ:                 8,295 ރުފިޔާ  

މަސައްކަތް ކުރަންޖެހޭ ތަން:     މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް އަދި ޕްރޮޖެކްޓްގެ މަސައްކަތް ހިންގޭ ރަށްތަކުގައި

 

މަޤާމުގެ ޝަރުތު:

  • މެރިން ސައިންސް، މެރިން ބައިލޮޖީ، ފިޝަރީޒް ސައިންސް، އެންވަޔަރަމެންޓަލް ސައިންސް އަދި މި އާއި ގުޅުންހުރި ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދު ލެވެލް 8 ގެ ސެޓްފިކެޓެއް ޙާސިލްކޮށްފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލާއި އިތުރު އެލަވްންސް ތަކުގެ ތަފްޞީލް (ޓަރމްސް އޮފް ރެފެރެންސް) ގެޒެޓް ވެބްސައިޓުންނާއި، މި މިނިސްޓްރީގެ މީސްމީޑިއާއިން އަދި ތިރީގައިމިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

 

https://www.fishagri.gov.mv/storage/documents/dyY6kiZiZKVAqPyXHTxgG8A8YVQ5ak5ODDH11G4o.pdf

 

މިވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

މި މަޤާމްތަކަށް ޤާބިލު ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 5 ޖެނުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް، ހ. ވައިޓްވޭވްސް، މޫންލައިޓް ހިނގުން) ނުވަތަ މި މިނިސްޓްރީއަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3322242  ފޯނާއި ގުޅުއްވުން އެދެމެވެ.

                              26 ރަބީޢުލްޢާޙިރު   1441

24 ޑިސެންބަރު 2019
ހޯދާ