ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ހޯދުމަށް

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

                                                         ނަންބަރު:IUL)GS-56/2019/54) 

އިޢުލާން

މަޤާމް:                  އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމްގެ ނަންބަރު:           J-130133

ބޭނުންވާ ޢަދަދު:            1 ( އެކެއް )

މަޤާމްގެ ގިންތި:            ދާއިމީ

މަޤާމްގެ ރޭންކް:            ޖީ އެސް 3

މަޤާމްގެ ކްލެސިފިކޭޝަން:      އޮފިސަރ ގްރޭޑް 1

ވަޒީފާއަދާކުރަންޖެހޭ ތަން:      ތުޅާދޫސްކޫލް، ބ.ތުޅާދޫ

މުސާރަ:                 4465.00 ރުފިޔާ

ސަރވިސް އެލަވަންސް:        1500.00 ރުފިޔާ

އެހެނިހެން އެލަވަންސް:        ސަރޕޯޓިންގ ކޯ އެލަވަންސް2:- 700.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މުވައްޒަފުންގެ ޙާޟިރީ ދުވަހުން ދުވަހަށް ބެލެހެއްޓުމާއި މަހުންމަހަށް ޙާޟިރީ ރިޕޯރޓް ތައްޔާރު ކުރުމާއި އަދި ކޮންމެ މީލާދީ މަހެއްގެ 16 ގަ ގަޑީލާރި ރިޕޯރޓް ތައްޔާރު ކުރުމަށްފަހު ބަޖެޓްސެކްޝަނާއި ޙަވާލުކުރުމާއި މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައްތައް ބަލަހައްޓައި ޗުއްޓީ ހުއްދަ ތައްޔާރު ކުރުން
  2. ލިބޭސިޓީ/މެސެޖް އެންޓްރީކޮށް ޖަވާބުދޭންޖެހޭ ސިޓީ/މެސެޖަށްޖަވާބުތައްޔާރުކޮށް ފޮނުވުމާއި، މުވައްޒަފުންގެ ވަޒީފާއާއި ގުޅިގެން ލިޔަންޖެހޭ ސިޓީ ، މެސެޖް ފަދަ ތަކެތި ލިޔެ ތައްޔާރުކޮށް ފޮނުވުން
  3. ބަލްކް މެސެޖްފޮނުވުމާއި، އެނައުންސްމެންޓްތަކާއި އިޢުލާނު ތައްޔާރުކޮށް ފައިލްކުރުމާއި ދުވަހުގެ ޔައުމިއްޔާލިޔުން
  4. މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން. ވަޒީފާއަށް އަލަށް ވަންނަ މުވައްޒަފުންނާއި ވަޒީފާއިން ވަކިވާ ނުވަތަ ބަދަލުވާ މުވައްޒަފުންގެ މަޢުލޫމާތުތައް، ޗިޓުގައިވާ ގޮތަށް ރަޖިސްޓްރީގައިލިޔެ ފުރިހަމަކުރުން.
  5. ސްކޫލަށްކުދިން ވެއްދުމާއި ވަކިކޮށް، ދަރިވަރުންގެޑާޓާ ބޭސް އަޕްޑޭޓްކޮށް ބަލަހައްޓައި، ދަރިވަރުންގެ ލީޥިންގެ ސެޓްފިކެޓްތައްޔާރުކޮށް ހަވާލުކުރުން
  6. ޓެކްސްޓްފޮތް ދޫކުރުމާއި ވައުޗަރ ދޫކުރުމުގެ މލިޔެކިޔުންތަކާއި އޯލެވެލްއިމްތިޙާނުގެ މަޢުލޫމަތު ފޯމުތައް ތައްޔާރުކޮށް ކަމާބެހޭފަރާތްތަކަށް ފޮނުވާ ބެލެހެއްޓުން
  7. އޮފީސްހުޅުވައި ބަންދުކުރުން (ޝެޑިއުލް ކުރެވޭ ގޮތެއްގެ މަތިން)
  8. ދިމާވާޚާއްޞަ ޙާލަތުގައި ޙަވާލު ކުރެވޭ މަސައްކަތްކުރުން

މަގާމުގެ ޝަރުތު

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން "ސެކަންޑްރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން

 ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ތުޅާދޫސްކޫލް އޮފީހުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަޑު ("ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަސްލާ އެއްގޮތްކަމުގެ ތައްގަޑު ޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުންތައް؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓް.

 (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި  ޓްރާންސްކްރިޕްޓް.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަޑު ("ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަސްލާ އެއްގޮތްކަމުގެ ތައްގަޑު ޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.

7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ އަސްލާ އެއްގޮތްކަމުގެ ތައްގަޑު ("ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަސްލާ އެއްގޮތްކަމުގެ ތައްގަޑު ޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.

8.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަޑު ("ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަސްލާ އެއްގޮތްކަމުގެ ތައްގަޑު ޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުންތައް؛

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ)  އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

   މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ޖެނުއަރީ 5 ގެ 13:00 ގެ ކުރިން، ތުޅާދޫ ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected])  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން

  މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

  މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 ޖެނުއަރީ 7 އާއި 9 އާ ދެމެދު، ތުޅާދޫސްކޫލް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް A2)ފޯމް(" އާއްމުކުރުން

  އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް A2) ފޯމް(" އާއްމުކޮށް ފެންނާނެހެން މިއިދާރާގައި އާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، A2 ފޯމް އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600136 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސް ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުސޫލާގުޅޭ"(http://www.csc.gov.mv/dv/recruitment.usoolu)  އިން ލިބެން ހުންނާނެއެވެ.

26 ރަބީޢުލްއާޚިރު 1441

23  ޑިސެމްބަރ 2019

23 ޑިސެންބަރު 2019
ހޯދާ