މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެމް.އޭ.ސީ.އެލްގެ އިވެންޓް/ޕްރޮޖެކްޓް/ހަފުލާތަކަށް ޕްރޮފެޝަނަލް ފޮޓޯގްރަފީގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 އެމް.އޭ.ސީ.އެލްގެ އިވެންޓް/ޕްރޮޖެކްޓް/ހަފުލާތަކަށް ޕްރޮފެޝަނަލް ފޮޓޯގްރަފީގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

   މި ކުންފުނީގެ އިވެންޓް/ޕްރޮޖެކްޓް/ހަފުލާތަކަށްް ޕްރޮފެޝަނަލް ފޮޓޯގްރަފީ ("ފުލް ފޮޓޯގްރަފީ ކަވަރެޖް")ގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

   މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2019 ޑިސެންބަރު 29 ވާ އާދިއްތަދުވަހުގެ 14:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

   ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2020 ޖަނަވަރީ 09 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 ޖަނަވަރީ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

   ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

22 ޑިސެންބަރު 2019
ހޯދާ