ނައިވާދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ އައުޓްސޯސްކުރުން

އިޢުލާން

 

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

   

  2020 ވަނަ އަހަރަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް، ތިންވަނަ ފަހަރަށް ކުރެވުނު މިސްކޫލްގެ ނަމްބަރ GS-92/IUL/2019/33 (05 ޑިސެމްބަރ 2019) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައި ނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން 2020 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.

  މިބީލަމަށް ވިޔަފާރި ރަޖިސްޓްރީ ނެތް ފަރާތްތަކަށްވެސް ކުރިމަތިލެވޭގޮތަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 18 އިން 2019 ޑިސެމްބަރ 26 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
  2. މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 29 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެމްބަރ 29 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
  4. ބީލަން ހުޅުވުން އޮންނާނީ 2020 ޖެނުއަރީ 05 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނައިވާދޫ ސްކޫލް

ހދ. ނައިވާދޫ

ފޯން: 6520537

އީ-މެއިލް: [email protected]

 

18 ޑިސެންބަރު 2019
ހޯދާ